މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި މާލޭގައި ވޯޓުލުން ކުރިއަށްދާ އިސްކަންދަރު ސްކޫލް ކުރިމަތީ އެމްޑީޕީގެ ކެމްޕެއިން އޮފީސް ހަދާފައިވާ އިމާރާތުގައި ޕީޕީއެމްއިން ވެސް އޮފީސް ހަދައިފި އެވެ.
އިންތިހާބުގެ ވޯޓުލުން ފެށުނީސުރެ މާލޭގައި ވޯޓުލާ ސަރައްދުގައި ދަނީ އެމްޑީޕީ އާއި ޕީީޕީއެމްގެ މެދުގައި ދަނީ އަރާރުވެ ޒުވާބު ކުރަމުންނެވެ. ޕީޕީއެމް ތުހްމަތު ކުރާ ގޮތުގައި އިސްކަންދަރު ސްކޫލް ކުރިމަތީ ހުރި އިމާރާތުގައި ހަދާފައިވާ އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި ތިބި މީހުން ގެންދަނީ ވޯޓުލާން އަންނަ މީހުނަށް ފައިސާ ބަހަމުންނެވެ. އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ސަޕޯޓަރުން އެ ސަރައްދުގައި ވަނީ އަޑު އުފުލާފަ އެވެ.
ނަމަވެސް މީގެ ކުޑަ އިރުކޮޅެއް ކުރިން ޕީޕީއެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިސްކަންދަރު ސްކޫލް ކުރިމަތީހުރި މއ.ސެމީ ޓީލްގެ ފުރަތަމަ ފަންގި ފިލާގައި އެމްޑީޕީގެ ޖަގަހައެއް ހިންގަމުންދާތީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ޕީޕީއެމްގެ ޖަގަހައެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ވޯޓުލުމާ ގުޅޭ ކަންކަން އިންތިޒާމް ކުރެވިގެންދާނެ ކަމަށް އެ ޕާޓީން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ބުނެފަ އެވެ.
Ma. Semi Deal 1st floor ( Iskandhar School kurimathi ) gai MDP ge jagaha eh hingamundhaathy E imaaraathuge 2nd floor gai PPM ge jagaha eh vany gaaim kurevifa. Mi jagahain vote lumaa gulhey kankan inthizaam kurevigen dhaane.
— Progressive Party of Maldives (@ProgressPartyMV) February 5, 2022
އެމްޑީޕީން ހަދާފައިވާ ކެމްޕެއިން އޮފީހުން ފައިސާ ބަހަމުންދާ ކަމަށްބުނެ ޕީޕީއެމް، ޕީއެންސީގެ އިސްވެރިން ވަނީ އިލްކެޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒަށް ވަޑައިގެން ޝަކުވާވެސް ހުށައަޅާފަ އެެވެ.
ފޯރިއާއެކު ކުރިއަށްދާ މި އިންތިހާބުގައި މިހާތަނަށް ގިނަ މީހުން ވަނީ ވޯޓުލާ ނިމިފަ އެވެ. މާލޭގެ ފިޔަވާ އެހެން އެއްވެސް ރަށެއްގައި މިހާތަނަށް އައިރު ހަމަނުޖެހުމެއް ހިނގާފައެއްނުވެ އެވެ.
13:00 ge niyalah updates pic.twitter.com/z5O1bxLZuS
— Elections Commission (@ElectionsMv) February 5, 2022
ވޯޓުލުން ކުރިއަށްދާނީ ހަވީރު 4.00 ހަމައަށެވެ. އޭގެ ތެރެއިން 3.00 ފެށިގެން ވޯޓުލާން ހާއްސަކޮށްފައިވަނީ ކޮވިޑް19 ބަލި ޖެހިފައިވާ މީހުންނާއި ކަރަންޓީނުވެފައި ތިބި މީހުނަށެވެ.