Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ޕްރީ ސްކޫލް މަރުހަލާގެ ފޮތް ސެޓެއް ނެރެނީ

ޕްރީ ސްކޫލް މަރުހަލާގައި ކިޔަވައިދޭނެ ހާއްސަ ފޮތް ސެޓެއް ނެރެން ނިންމައި، އެކަމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މިއީ އިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ނެރެން ނިންމާފައިވާ ފޮތް ސެޓެކެވެ. މީގައި ޖުމުލަ 40 ފޮތް އެކުލެވޭނެ އެވެ.

އެ ފޮތްތަކަކީ ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތަކެވެ. ފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ އިސްލާމް، ދިވެހި، ޤުުރުއާން، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީސް، ސައެންސް އެންޑް ޓެކްނޮލެޖީ، ކްރިއޭޓިވް އާރޓްސް، ހެލްތު އެންޑް ވެލްބީން، ވެލިއުސް އެންޑް އެތިކްސް މި އެވެ. މިއިން ކޮންމެ ދާއިރާއަކުން ހަތަރު މަރުޙަލާގެ ފޮތް ހިމެނޭނެ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްކޮށް ހުންނަވައިގެން ތައްޔާރުކުރައްވާ މި ފޮތްތައް އެކުލަވާލެވޭނީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މަންހަޖަށް ރިއާޔަތްކޮށް، އެ އިންސްޓިއުޓްގެ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު އަދި ކަރިކިއުލަމް ޑިވެލޮޕަރު މަރިޔަމް ޝަޒްނާގެ ބެލުމުގެ ދަށުންނެވެ. އޭނާ އަކީ އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ތިންކް ޓޭންކްގެ މެންބަރެކެވެ.

ފޮތް ސެޓް ނެރޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.