ރާއްޖޭގެ އެންމެ ބޮޑު އިންޝޫރަންސް ކުންފުނި އެލައިޑް އިންޝޫރަންސްގެ އޮފީހެއް ހިތަދޫގައި ހުޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ކުންފުނިން ބުނީ ހިތަދޫގައި އެލައިޑްގެ އޮފީހެއް ހުޅުވަން ބޭނުންވާތީ އެކަމަށް އިމާރާތެއް ބޭނުންވާ ކަމަށެވެ.
އެހެންވެ އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން އެލައިޑުން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
އެ ކުންފުނިން ބުނީ ކުއްޔަށް އިމާރާތެއް ދޭން ޝައުގުވެރިވާ ފަރާތްތަކުން އެލައިޑްގެ ހެޑް އޮފީހުން މި މަހުގެ 28 ވަނަ ދުވަހު މެންދުރު ފަހު 2:30 ގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ފަހު، 29 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ.
އީމެއިލުން ނުވަތަ ފެކްސް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅާ އިރު، ތަނުގެ ވެރި ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އާއި އެތަނެއް ހުރި ސަރަހައްދަކާއި ތަނުގެ ބޮޑުކުޑަ މިން އެނގޭނެ ކުރެހުމަކާއި ތަނުގެ ކުލި، އެޑްވާންސް އަދި ޑިޕޮސިޓްގެ ތަފުސީލް ހިމަނަން ޖެހޭނެ ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑްގެ އޮފީހެއް ހިތަދޫގައި ހުޅުވަން ނިންމާފައިވާ އިރު، މަރަދޫފޭދޫގައި އެލައިޑްގެ އޮފީހެއް 2007 ވަނަ އަހަރު ވަނީ ހުޅުވައިފަ އެވެ.
ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް
ތިއޮތީ ކަންތަކާ ޖެހިފައި ، އެއްކަލަ ހިޔަލީ އަށް އެލައިޑް ގެ ޗެއާމަންކަން ލިބިއްޖެ ! ދެން ހަދާނެ ގޮތަކީ އެލައިޑުން ކޮންމެވެސް ( ހިޔަލީ އަށް ބައިއަތު ހިފާ ) މީހަކަށް އެލައިޑުން ދޭނީ ލޯ ނެއް، އިމާރާތެއް ކުރުމަށް ޓަކައި ދީ ފައި ފަހަތުން އެއިމާރާތް ބޮޑު އަގުގައި އެލައިޑަށް ކުއްޔަށް ނަގާނީ !
އެސްޓީ އޯ އަށް ޕިކަޕް ކުއްޔާށް ހިފި ބީދައިން ………………….! ވާވާ ރަނގަޅު
( އެންގޭ މިކޮމެންޓް ނުޖާހާ ނެކަން )