Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ގޯލްޑަން ލޭން ފޭދޫ ފިހާރަ ފަޅާލައިފި

ފޭދޫގައި ހުންނަ "ގޯލްޑަން ލޭން އައްޑޫ" ފިހާރަ: މިތަން ރޭ ވަނީ ފަޅާލައިފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫ ލިންކް ރޯޑްގައި ހުންނަ "ގޯލްޑަން ލޭން އައްޑޫ" ފިހާރަ ރޭ ދަންވަރު ފަޅާލި ކަމަށް ބެލެވޭ މީހާ ހޯދައި، ވަގަށް ނެގި ދެ ސީޕީޔޫ ހޯދައި ފިހާރައިގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިފައި ހުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ހެނދުނު 6:05 ގައި ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓް ކުރީ ފޭދޫ ސްކައިނެޓް އަހުމަދު މަނިކުފާނު ކަމަށާއި ފިހާރައިގެ ތެރޭގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށް ވެސް މަނިކުފާން ބުނި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގޯލަޑަން ލޭން ފިހާރަ އަށް ގޮސް އެތަނުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ފިހާރަ ފަޅާލި ކަމަށް ބެލެވޭ މީހާ ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ފިހާރައިން ވަގަށް ގެންދިޔަ އެތަނުގެ ކައުންޓަރުގައި އިން ދެ ސީޕީޔޫ ހޯދައި، ފިހާރަ އާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

iuh

އެނގިފައިވާ ގޮތުގައި ސީޕީޔޫތައް ފެނުނީ އެ މައްސަލާގައި ހައްޔަރު ކުރި ފޭދޫ ފުފޫމާގޭ ހަސަން ސަންދޫހް، 22، ދިރިއުޅޭ ގޭގެ ވަލު ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.

މޫނުމަތި މުޅިން ވެސް ބިއްލޫރިން ހުންނަ "ގޯލްޑަން ލޭން އައްޑޫ" ފިހާރައިން ތަޅާލި ބިއްލޫރިގަނޑުގެ ބަދަލުގައި މިހާރު ވަނީ އާ ބިއްލޫރިގަނޑެއް އަރުވައިފަ އެވެ.