ސ.ހިތަދޫ ހީރާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް އެމްއެންޑީއެފް ސަދަން އޭރިއާ ހެޑް ކްއާޓަރަށް ޒިޔާރަތްކޮށްފި އެވެ.
އިއްޔެ އޮތް މި ޒިޔާރަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގައި މިހާރު އޮތް ކޯސްޓްގާޑް ޝިޕް ހުރަވީ އަށް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
މީގެ އިތުރުން ސަދަން އޭރިއާ ހެޑް ކްއާޓަރުގައި ބޭނުން ކުރާ އަސްކަރީ ބައެއް ވެހިކަލްތައް ދައްކާލުމާއި ސިފައިން ގެންގުޅޭ ބައެއް ހަތިޔާރާ އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ވަނީ ދަރިވަރުންނަށް ހުޅުވާލާފަ އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ހެޑް ކްއާޓަރަށް ހީރާ ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި 30 ދަރިވަރުން ބައިވެރިވި އެވެ.