Last Updated: September 20, 05:54
Friday, September 20, 2024
ސިއްހަތު

މާމުއި ރީތިވުމަށް ފަރުވާއެއް

މާމެލާމެލިން އުފައްދާ މަޑު ރީނދޫ ނުވަތަ މުށި ކުލައިގައި ހުންނަ މާމުޔަކީ ހަށިގަނޑު ރީތިކަމުގައި ބެހެއްޓުމަށް ވަރަށް މުހިންމު މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

ރީތިވާން ގެންގުޅޭ ގިނަ ބާވަތްތަކުގައި އެކުލެވިގެންވާ މާމުޔަކީ ގުދުރަތީ މޮއިސްޗްރައިޒާއެއް ވެސް މެ އެވެ. އެގޮތުން ކުޑަ ހަރަދަކުން ރީތިވުމަށް މާމުއިގެ ބޭނުން ކުރެވިދާނެ އެވެ.

* މޫނުގައި މާމުއި އުނގުޅައި ހިކެންދެން ބަހައްޓާށެވެ. އެއީ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓެވެ. މޫނުގައި ހުރި މާމުއި ހިކުމުން ސާފު ފެނުން މޫނު ދޮވެލާށެވެ.

* މޫނުގައި އުނގުޅާ މޭކަޕް ފިލުވާލުމަށް ވެސް މާމުއި ވަރަށް މުހިންމު ރޯލެއް ކުޅެދެ އެވެ. އެއް ސަމުސާގެ މާމުއި ހިކި ކިރު ކޮޅަކާ އެއްކުރުމަށް ފަހު، މޫނުގައި އުގުޅާށެވެ.

* ހަންގަނޑުގައި ހުންނަ ކުރަކިކަން ފިލުވާލުމަށް ފެންވަރާއިރު ޖޯޑެއްގެ ދެބައިކުޅަ އެއްބައި މާމުއި ފެނާ އެއްކޮށްލައިގެން ހަށިގަޑުގައި އުނގުޅުމަށް ފަހު 15 ވަރަކަށް މިނެޓް ފަހުން ދޮވެލާށެވެ.

* މާމުޔަކީ އިސްތަށިގަނޑަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އިސްތަށިގަނޑުގެ ވިދުން ރަނގަޅު ކުރުމަށް ލުނބޯ ހުތުގެ ތެރެއަށް އެއް ސައި ސަމުސާ މާމުއި އެއްކުރުމަށް ފަހު ތާފެނާ ފެނާ އެކު ބޭނުން ކުރާށެވެ.