Last Updated: December 22, 23:49
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ކެމްޕޭންގެ ފޯރި ގަދަ، އިންތި ދޮރުން ދޮރަށް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި)ގެ ކެމްޕޭނަށް ދޮރުން ދޮރަށް ހަރަކާތް ފައްޓަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒްގެ އިތުރުން ވާދަކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

"އިންތި އާ އެކު" މިނަމުގައި އިމްތިޔާޒްގެ ކެމްޕޭން ހަރަކާތް ކުރިއަށް ގެންދަމުން އަންނައިރު އިއްޔަ މާލޭގެ އެކި ހިސާބުތަކުގައި އިމްތިޔާޒް ވަނީ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އިމްތިޠާޒްގެ ކެމްޕޭންގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްވެސް އަންނަނީ ބައިވެރިވަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.