Last Updated: December 22, 23:49
Sunday, December 22, 2024
ޚަބަރު އެމްޑީޕީ

ފައިސަލްގެ ތާއީދު ފައްޔާޒަށް

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި، އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަހުމަދު ފައިސަލް (ފައި)ގެ ތާއީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އޮތްކަން ހާމަކޮށްފިއެވެ.

ޗެއާޕާސަންގެ މަގާމަށް މިނިސްޓަރު ފައްޔާޒްގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި)އެވެ.

ފައްޔާޒަށް ތާއީދުކުރުމުގެ އިތުރުން ފައި ވަނީ އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައިސް ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގެނައުމަށް ގޮވާލާ ކޮށްފައިވާ ޓްވީޓްތަކެއްވެސް ރިޓްވީޓް ކުރައްވާ ރޮޒައިނާއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ފައިސަލް އަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމު މިފަހުން ކާމިޔާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކޮއްކޮއެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.