Last Updated: April 24, 23:15
Thursday, April 24, 2025
ޚަބަރު

"އޯޝަން 6/50" ގެ މައުލޫމާތު އައްޑޫ ކައުންސިލަށް

ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް "އޯޝަން 6/50" ގެ ނަމުގައި މި ހަފުތާގައި މާލެ ސަރަހައްދުގައި ބާއްވަން ތައްޔާރުވާ ފީނުމުގެ ބޮޑު އިވެންޓާ ބެހޭ މައުލޫމާތު އެ އިވެންޓް އިންތިޒާކުރާ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފި އެވެ.

ޔުނިކްސް ސްޕޯޓިން އާއި މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ ފީނުގެ އިވެންޓަކީ، ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.

މި އިވެންޓާ ބެހޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށް އިވެންޓްގެ ޓީޝާޓްތަކެއް ވެސް ހަދިޔާކޮށްފައިވެ އެވެ. އަދި "އޯޝަން 6/50" ފަދަ އިވެންޓްތަކެއް އައްޑޫގައި ބޭއްވުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރި ކަމަށް ކައުންސިލުން ބުންޏެވެ.

"އޯޝަން 6/50" އިވެންޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ މި މަހުގެ 25-27 އަށެވެ. އަދި 50 ގަޑިއިރަށް ދެމިގެންދާ ޑައިވް ހަރަކާތަކީ ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގައި ވެސް ހިންގާ މިފަދަ ފުރަތަމަ އިވެންޓެވެ.