ޒުވާން ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ބައްޕައަކަށް ވާން އުޅޭ ކަމަށް އޭނާ ބުނެފި އެވެ.
މިދިޔަ އަހަރު ކައިވެނި ކުރި މުއާ ޓްވިޓާމެދުވެރިކޮށް ބުނެފައި ވަނީ އޭނާގެ އަންހެނުން ޝާޔަން ޝާހިދު މިހާރު ބަނޑު ބޮޑު ކަމަށެވެ. ޝާޔަންއަކީ މީގެ ކުރިން ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހަޅާފައިވާ އަދި އެސްޓީއޯގައި ވަޒީފާ އަދާ ކުރާ އަންހެން ކުއްޖެކެވެ.
އަންހެނުން ބަނޑު ބޮޑުކަން ހާމަ ކުރުން ފިޔަވައި އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް އެއްޗެއް މުއާ ބުނެފައެއް ނުވެ އެވެ.
މުއާއަކީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ވިދަމުން އަންނަ އެއް ތަރިއެވެ.
އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ނިއުމާ މުހައްމަދާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު ކުޅުނު "ހިތް ރޮއްވާނުލާ" އާއި މިދިޔަ އަހަރު ރިލީޒް ކުރި ރަވީ ފާރޫގުގެ "އިނގިލި" ހިމެނެ އެވެ.
މުއާއަކީ ވަނީ އޭނާ ކުޅުނު ވީޑިއޯތަކުން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ.
ބައެއް މީހުން ސިފަ ކުރާ ގޮތުގައި އޭނާއަކީ ދިވެހި ފިލްމީ ދާއިރާގެ "ޖޯން އަބްރަހަމް" އެވ