"ނަމޫނާ ދަނޑުވެރިޔާ" ގެ ނަމުގައި އައްޑޫގައި ގަސް އިންދުމާ ބެހޭ ހާއްސަ ޕްރޮގްރާމެއް އަންނަ މަހު ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ރާއްޖެ އަށް ގަސް ހެއްދުމާ ގުޅޭ ސާމާނު ފުޅާ ދާއިރާއެއްގައި އެތެރެކޮށް ސަޕްލައިކުރާ ޕްރައިމް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ބުރަކަށެވެ.
އެގޮތުން އަންނަ މަހުގެ 10-12 އަށް ޕްރޮގްރާމް ހިންގާނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުންނަށް ހާއްސަކޮށްގެންނެވެ. އަދި އަންނަ މަހުގެ 13-15 އަށް ޕްރޮގްރާމް ހިންގާނީ ވަކިން އޮންނަ ހުޅުމީދޫގަ އެވެ. މީގައި ގަސް އިންދުމާ ބެހޭ ގޮތުން މައިގަނޑު ފަސް ދާއިރާއަކުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ގަސް އިންދައި ހެއްދުމަކީ މިހާރު ވަރަށް ގިނަ ބަޔަކު ކުރާ ކަމަކަށްވާތީ، މިއީ ތަފާތު ބާވަތްތަކުގެ ގަސް ހައްދަން ޝައުގުވެރިވާ މީހުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
ބައިވެރިވާން ނަން ނޯޓްކުރަން ގުޅެން ޖެހޭ ނަމްބަރަކީ 9336787 އެވެ.