Last Updated: April 24, 23:15
Thursday, April 24, 2025
ޚަބަރު

ގެއްލުން ކުޑަކޮށް، އައްޑޫ ބިން ހިއްކާނެ: އީޕީއޭ

އައްޑޫގެ ބިން ހިއްކައިފި ނަމަ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލބިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިޔަސް އެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ބިން ހިއްކުމާ ގުޅޭ އީއައިއޭ ނިންމައި އެ މަސައްކަތްކުރި ވޯޓަ ސޮލިއުޝަންސް އިން މިހާރު އޮތީ ރިޕޯޓް އީޕީއޭ އަށް ހުށަަހަޅައިފަ އެވެ.

މިކަމާ ބެހޭ ގޮތުން އެތަނުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ކޮންމެ މަޝްރޫއަކުން ވެސް ތިމާވެއްޓަށް ގެއްލުންތައް ލިބޭނެ ކަމަށެވެ އެކަމަކު އޭގެ ސަބަބުން އެއްވެސް މަޝްރޫއުއެއް ހުއްޓާލައިގެން ނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

ނައީމު ވިދާޅުވި ގޮތުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިން ބިލިއަން ޑޮލަރުގެ ގެއްލުން ވިޔަސް އެކަން ކުރިއަށް ގެންދާނެ އެވެ.

އޭނާ ވިދާޅުވީީ "ގެއްލުން ވިޔަސް، ލިބޭ ގެއްލުންތައް ކުޑަކޮށްގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ޖެހޭ" ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ދާދި ފަހުން ހަ ޖަމިއްޔާއަކުން ގޮވާލި އިރު، އެ މަޝްރޫއު ހުއްޓުވަން މިހާރު އޮތީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ބިން ހިއްކުމުގެ މަޝްރޫއާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ތަމްސީލުކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އައްޑޫ ބިން ހިއްކުމަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން ފޭދޫ ފިޔަވައި އަައްޑޫގެ އެހެން ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 235 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ.