Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ފޭދޫ ސްކޫލް އަޕްގްރޭޑް ކުރަން ބަޔަކާ ހަވާލުކޮށްފި

އައްޑޫ ފޭދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުންޏަށް މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 772,606.97 ރުފިޔާ އަށެވެ. މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 100 ދުވަހުގެ މުއްދަތަކެވެ.

ފޭދޫ ސްކޫލަކީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ. އަދި މިއީ ފޭދޫގައި ހުރި ހަމައެކަނި ސްކޫލު ވެސް މެ އެވެ.

އުމްރާނީ ގޮތުން ފޭދޫ ސްކޫލަށް އެންމެ ފަހުން ބޮޑު ބަދަލެއް ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެގޮތުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ހަތަރު ބުރީގެ ކުލާސް އިމާރާތެއް އަޅާފައިވެ އެވެ.