Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު ޝަރުއީ ދާއިރާ

ހައިކޯޓުގެ އަމުރެއް "ސަސްޕެންޑް"ކޮށް، މީހަކު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

ހިތަދޫ މެޖިސްޓްރޭޓު ކޯޓު: ފޮޓޯ: އައްޑޫލައިވް

ހައިކޯޓުން ކޮށްފައިވާ އަމުރެއް "ސަސްޕެންޑް" ކުރުމަށްފަހު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު މިދިޔަ ހަފްތާގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ.

މިމައްސަލައިގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި މިއަދު މެންދުރު 14:00 އަށް ތާވަލުކޮށްފައިވެއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާ އަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއް ޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. އޭނަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ހައިކޯޓުންނެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާއެކު ރުޝާމް ބަންދުން ދޫކޮށްލިއިރު އޭނާ ބަންދުން ދޫކޮށްފައިވަނީ ހައިކޯޓުގެ އަމުރު 90 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހުއެވެ.

"މިޝަރުތުތަކަށް ދައުވާލިބޭ ފަރާތުން އެއްބަސްވާތީ، ދައުވާލިބޭ ހިތަދޫ މަންދޫބުގެ ރުޝާން އަހްމަދުދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މިމުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." އަމުރުގައިވެއެވެ.