އައްޑޫގައި ބަޔޮސްފިއާ ރިޒާވް އެޑްވައިޒަރީ ކޮމީޓީއެއް އެކުލަވާލަން ނިންމާފައިވާތީ އެ ކޮމިޓީ އަށް އެކި ދާއިރާތަކުން މީހުން ހޯދަން ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކޮމިޓީއެއް އެކުލަވައިލަން ނިންމީ ސިޓީ ފެންވަރުގައި ބަޔޮފިސްއާ ރިޒާވްގެ ކަންކަން ކޯޑިނޭޓްކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ކޮމިޓީގެ މައިގަނޑު މަގުސަދަކީ ސިޓީ ބަޔޮސްފިއާ ރިޒާވްގެ ކަންތައްތައް ހިންގުމުގައި ޔުނެސްކޯ މޭން އެންޑް ބައޮސްފިއާ (މެބް) ރިޒާވަށް ލަފާދެއްވުމާއި މޭން އެންޑް ބަޔޮސްފިއާ ނޭޝަނަލް ކޮމިޓީގެ ސްޓެރެޓެޖީ އާއި އެކްޝަން ޕްލޭންތަކުގެ އންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.
އެހެންވެ އެޑްވައިޒަކީ ކޮމިޓީ އަށް ހަތް ދާއިރާއަކުން މެމްބަރުން ބޭނުންވެ އެވެ. އެއީ ތާރީހާއި ސަގާފަތް، ދަނޑުވެރިކަން، މަސްވެރިކަން، ގެސްޓް ހައުސް/ޑައިވިން ސެންޓަރު، ލައިވްއަބޯޑް އެސޯސިއޭޝަން ޓޫރިޒަމް (ރިސޯޓްތައް) އަދި ޖަމިއްޔާތަކެވެ.
New @UNESCO_MAB #BiosphereReserve: Addu Atoll, #Maldives. Congratulations! 😃👏
Learn more about #BiosphereReserves: https://t.co/UzIEVb1EZs pic.twitter.com/iRXJWyFfIk
— UNESCO 🏛️ #Education #Sciences #Culture 🇺🇳😷 (@UNESCO) October 28, 2020
މި ދާއިރާތަކުން ކޮމިޓީ އަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 6 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނި ގޮތުގައި ހަތް ދާއިރާ އިން ކޮމިޓީ އެކުލަވާނީ ކޮންމެ ދާއިރާއަކުން އެކަކު ހިމެނޭ ގޮތަށެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ކަނޑައެޅީ އޮކްޓޯބަރު 28، 2020 ގަ އެވެ. އެކަމާ ގުޅުވައިގެން ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް އައްޑޫގެ ހަތަރު ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އެއީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.