ރާއްޖޭގެ ތާއީދާ އެކު ވެސް ޕްލާސްޓިކާ ދެކޮޅު ބައިނަލްއަގްވާމީ މުއާހަދާއެއް އެކުލަވައިލަން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ ނައިރޯބީގައި މިހާރު ކުރިއަށްދާ އދ. ގެ އެންވަޔަރަމަންޓް އެސެމްބްލީގެ ފަސް ވަނަ ސެޝަންގައި އިއްޔެ އެވެ. މެމްބަރު 193 ގައުމަކުން ބައިވެރިވާ އެ ބައްދަލުވުމުގައި ޕްލާސްޓިކްގެ ޒަރީއްޔާ އިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާނޫނީ ބާރު ލިބިދޭ މާއްދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރިޒޮލިއުޝަނެއް ހުށަހެޅި އެވެ. އަދި އެއަށް ރާއްޖޭން ފުރިހަމަ އަށް ތާއީދުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ގާނޫނީ ބާރު ލިބިދޭ މުއާހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
“Today was one for the history books. It was truly a big day for the environment.” – @andersen_inger
Nations committed to develop a legally binding agreement to #BeatPlasticPollution at #UNEA5.
Learn more: https://t.co/XTWPMqAtR5 pic.twitter.com/bFXkaGWi5Q
— UN Environment Programme (@UNEP) March 2, 2022
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ސަބަބުން ދުނިޔެ އަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތައް ބައިނަލްއަގްވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާ މެދު ގިނަ ގައުމުތަކުން އެއްބަސްވެ އެވެ. އަދި ރާއްޖޭން އިސް ނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒުކުރަމުންދާ ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ މައުލޫމާތު ނައިރޯބީގެ ބައްދަވުމުގައި ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
A standing ovation from #UNEA5 delegates after the resolution on plastic pollution passes.
"The most important environmental deal since the Paris accord." – @andersen_inger #BeatPlasticPollution pic.twitter.com/zpsgVliraZ
— UN Environment Programme (@UNEP) March 2, 2022
ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލަން އެއްބަސްވެވުނު ބައިނަލްއަގްވާމީ މުއާހަދާގައި ޕްލާސްޓިކް އުފެއްދުމާއި ބޭނުން ކުރުމާއި އެ ތަކެތި ކުނީގެ ގޮތުގައި ނެތި ފަނާވެގެން ދިއުމާ ހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރަން އަލިއަޅުވާލެވިގެން ދާނެ އެވެ.
In a historic win for the people and the planet, the Maldives is among the 81 countries to have committed to develop an international legally binding treaty on plastic pollution, addressing the full lifecycle of plastic.#UNEA5 #ForNature #BeatPlasticPollution
— Shauna Aminath 🎈❓ (@anuahsa) March 2, 2022
މީގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ވަށާޖެހޭ އިގުތިސާދު ކުރިއެރުވުމަށް ޕްލާސްޓިކް ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އަލުން ބޭނުން ކުރެވޭ މިފަދަ މުއާހަދާއެއް އޮތުމަކީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމަކަށް ޕްލާސްޓިކްގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދަން ބައިނަލްއަގްވާމީ ފެންވަރުގައ މަސައްކަތްކުރަން ބާރު އެޅިގެން ދާނެ އެވެ.