ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ނިންމާފައިވާ ގޯތިތައް ހިލޭ ދިނުމަށް އެދި މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ މާލެ މޭޔަރު މުއިއްޒު މިކަން ހާމަކޮށް ޓްވީޓް ކުރައްވާފައިވާއިރު، ގޯތީގެ ގޮތުގައި ދޫކުރާ ބިންތައް ވިއްކުމާބެހޭ އެއްވެސް ވާހަކައެއް ސަރުކާރުން ދައްކާފައެއް ނުވެއެވެ.
މޭޔަރު މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރާ 1000 ގޯތި، ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ހިލޭ ދޫކުރާ އުސޫލުން މާލޭގެ ރައްޔިތުންނަށްވެސް ހިލޭ ދެއްވުމަށްއެދި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ދަންނަވާފައިވާކަމަށެވެ.
Hulhumale in Male rayyithunnah dheyn kanda alhaafaivaakamah media in mauloomaath libey 1000 goathi,eyee hageegatheh kamugaivaanama,raajjeyge ehen rahthakugaives hiley dhevvaafadhain e goathi thah Male rayyithunnah hiley dhevvumah edhi RJ ah rasmeekoh sitee in vaanee dhannavaafai.
— Dr Mohamed Muizzu (@MMuizzu) March 3, 2022
މީގެކުރިންވެސް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މޭޔަރު މުއިއްޒުވަނީ ގޯތިތައް ހިލޭދިނުމަށް ގޮވާލާފައެވެ.
މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދެއްވާނެކަމަށެވެ. ގޯތި ވިއްކުމާބެހޭ ވާހަކައެއް އެމަނިކުފާނު ދައްކަވާފައެއް ނުވެއެވެ.