Last Updated: November 15, 06:12
Friday, November 15, 2024
ސިއްހަތު

ލިޕްސްޓިކް: ތުންފަތުގެ ޖާދޫ

ލިޕްސްޓިކް ބޭނުން ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 500 އަހަރަށް ވުރެ ގިނަ ވެދާނެ އެވެ. މި މުއްދަތުގެ ތެރޭގައި އަންހެނުންގެ ހިތްތަކުގައި މިއަށްވަނީ ވަރަށް ބޮޑު ލޯތްބެއް އުފެދިފަ އެވެ.

މިކަމުގެ އެއް ހެއްކަކީ، ރީތިވާ ސާމާނު ލިބުމަށް ދަތި ދުވަސްވަރެއް ކަމުގައިވި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސިވިލާތުގެ އަންހެނުންނަށް އެންމެ ބޮޑު އުނިކަމެއް ލިބުނީ ރީތިވާ ސާމާނުގެ ތެރެއިން ވެސް ލިޕްސްޓިކް ނުލިބުމުންނެވެ.

ލިޕްސްޓިކް ބޭނުން ކުރުން ވެފައިވަނީ މޫނަށް ފުރިހަމަކަން ގެނައުމަށާއި އެހެން މީހުންގެ ސަމާލުކަން އަތުލުމަށް ފަސޭހަ އަދި އަވަސް ގޮތެއް ކަމުގަ އެވެ.


* ތުންފަތުގައި ޖެއްސުމަށް ތަފާތު ކުލަތައް:

ތުންފަތުގައި ކުލަ ޖެއްސުމަށް އެންމެ މަގްބޫލު އެއްޗަކަށް ވެފައި ވަނީ ލިޕްސްޓިކެވެ. ލިޕްސްޓިކްގައި އެކުލެވޭ ކުލައިގެ މިންވަރު އިތުރުވުމުން ގިނައިރު ވަންދެން ތުންފަތުގައި ކުލަ ހިފަހައްޓައިދެ އެވެ. ލިޕްސްޓިކް ހޭކުމަށް އެންމެ ރަނގަޅީ ފިއްސެއް ބޭނުންކޮށްގެންނެވެ.

ތުންފަތުގައި ކުލަ ޖެއްސުމަށް ލިޕް ގްލޮސް ވެސް ބޭނުން ކުރުމުން ފުދޭނެ އެވެ. ނުވަތަ މީގެ އިތުރުން ލިޕްސްޓިކް ޖެއްސުމަށް ފަހު އޭގެ މަތީގައި ވެސް ބޭނުންކުރެވިދާނެ އެވެ.

ލިޕް ލައިނާ ބޭނުންކުރަނީ ލިޕްސްޓިކް ޖެއްސުމުގެ ކުރިން ތުންފަތުގެ ވަށައިގެން ރޮނގެއް އެޅުމަށެވެ. ކުލަ ގަދަކުރުމަށްޓަކައި މުޅި ތުންފަތުގައި ވެސް ލިޕްލައިނާ ބޭނުންކުރެވިދާނެ އެވެ.

ނަމަވެސް ތުންފަތް ހިކުމުން ރައްކާތެރި ކުރުމަށްޓަކައި ލިޕް ބާމް އުނގުޅުން މުހިންމެވެ.

bjb

* ލިޕްސްޓިކްގައި ހިމެނޭ ހާއްސަ މާއްދާތައް:

ތުންފަތަށް ކުލަ ގެނުވައިދޭ މާއްދާގެ އިތުރަށް، އިތުރު ގިނަ މާއްދާތަކެއް ވެސް މިހާރު އުފައްދާ ލިޕްސްޓިކްގައި ހިމެނެ އެވެ. ރީތިވުމަށް އެހެން ސާމާނުތަކުގެ ޓެކްނޮލޮޖީ ބޭނުން ކުރެވެމުން އަންނަ ފަދައިން ލިޕްސްޓިކްގައި ވެސް ތުންފަތުގެ ހަމަށް ރައްކާތެރިކަން ގެނުވައިދޭ މާއްދާތައް އެކުލެވިގެންވެ އެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް މާއްދާތައް ތިރީގައި މިވަނީ އެވެ.

* ތަރުކާރީ ވެކްސް: ލިޕްސްޓިކް ފަސޭހަކަމާ އެކު ޖެއްސުމަށާއި ރީތި އޮފް ކަމެއް ގެނައުމަށް

* ލިޕްސަމް: މީގައި، ތުންފަތް މަޑުކޮށްދޭ ޚާއްސަ މޮއިސްޗަރައިޒިން މާއްދާތައް އެކުލެވިގެންވެ އެވެ.

* ކެމޮމައިލް: ތުންފަތް އޮމާންކޮށްދިނުމަށާއި ތުންފަތުގެ ހަމަށް ލިބޭ ގެއްލުންތައް ފަސޭހަކޮށްދިނުމަށް

* ޝިއަ ބަޓަ: މޫސުމަށް އަންނަ ބަދަލުތަކަށް ޚާއްސަކޮށް ގަދަވައިން ތުންފަތް ރައްކާތެރިކޮށްދިނުމަށް

* ޔޫވީ ފިލްޓަސް: ދުވަސްވުމަށް މެދުވެރިވާ އިރުގެ ހޫނު ދޯދިތަކުން ތުންފަތް ރައްކާތެރިކޮށްދިނުން

* ވިޓަމިން-އީ: ތުންފަތް ހަލާކުވުން (ކަޑައިގެން ދިޔުން ފަދަ ކަންތައް) ރަނގަޅުކޮށްދީ ތުންފަތަށް ރޫޖެހުމުން ސަލާމަތްކޮށްދިނުން

jhjh

ތުންފަތަށް ފުރިހަމަކަން ގެނައުމަށްޓަކައި ހަމަ ކުލަ ޖެއްސުމަކުން ނުފުދޭނެ އެވެ. ތުންފަތުގައި ކުލަ ޖައްސާ ގޮތް ވެސް މުހިންމެވެ. ރީތި ތުންފަތެއްގެ ވެރިއަކަށް ވުމަށްޓަކައި ތިރީގައިވާ ގޮތަށް ވެސް މަސައްކަތްކޮށްލާށެވެ.

1. ތުންފަތުގައި ކުލަ ޖައްސަން ފެށުމުގެ ކުރިން ތުންފަތަށް މަޑުކަން ގެނައުމަށްޓަކައި ލިޕްބާމެއް ބޭނުން ކުރާށެވެ.

2. ތުންފަތުގެ ހުރިހާ ހިސާބުތަކުގައި ކުލަ އެއްވަރެއްގައި ބެހެއްޓުމަށް، މޭކަޕް ސްޕޮންޖެއް ބޭނުންކޮށްގެން ފައުންޑޭޝަން އުގނުޅާށެވެ.

3. ލިޕްސްޓިކް ގިނަ ވަގުތު ބެހެއްޓުމުގެ ގޮތުން، ފައުންޑޭޝަންގެ މަތީގައި ފިއްސަކުން މޫނުގައި ޖަހާ ފުއްކޮޅެއް ހާކާށެވެ.

4. މޭޒެއް ފަދަ އެއްވަރު ތަނެއްގައި އުޅަބޮޅި ޖެއްސުމަށް ފަހު ލިޕް ލައިނާ އެއް ބޭނުންކޮށްގެން ތުންފަތުގެ ވަށައިގެން ރޮނގެއް އަޅާށެވެ. އަތް ތުރުތުރު އެޅެމުން ދުރުހެލިވުމަށްޓަކައި މަތީ ތުންފަތުގެ މެދުން ފަށާށެވެ. ތިރީ ތުންފަތުގައި އެޅުމަށް ފަހު މަތީ ތުންފަތުގެ ދެކައިރިން ނިންމާލާށެވެ.

5. ކުލަ ޖައްސާ ނިމުމުން ދެ ތުންފަތް ދޭތެރެއަށް ޓިޝޫއެއް ލުމަށް ފަހު މަޑުމަޑުން އޮބާލާށެވެ. މިހެން ހެދުމުން ގިނަ ވަގުތު ލިޕްސްޓިކް ދެމި ހުންނާނެ އެވެ. އަދި އިތުރު ފުރިހަމަކަމެއް ވެސް ގެނުވައި ދޭނެ އެވެ.