Last Updated: April 24, 21:44
Thursday, April 24, 2025
ޚަބަރު

ހިތަދޫގައި ވޭސްޓް ސްޓޯރޭޖް ފެސިލިޓީއެއް ހަދަން ބީލަމަށް

އައްޑޫގައި އިންޓަރިމް ހެޒަޑަސް ކެމިކަލްސް އެންޑް ވޭސްޓް ސްޓޯރޭޖެ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާތީ އެކަމަށް ބަޔަކު ހޯދަން ބީލަމަށް މިއަދު ހުޅުވާލައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ހިތަދޫގައި އިންޓަރިމް ހެޒަޑަސް ކެމިކަލްސް އެންޑް ވޭސްޓް ސްޓޯރޭޖެ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 18,000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދުވަހެވެ. މިކަމާ ގުޅޭ ޕްރީ-ބިޑް މީޓިން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ހެނދުނު 10:00 ގައި މިނިސްޓްރީގަ އެވެ.

މި މަސައްކަތާ ބެހޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ procurement@environment.gov.mv މި އީމެއިލް މެދުވެރިކޮށް މި މަހުގެ 20 ކުރިން މައުލޫމާތުތައް ސާފުކުރެވޭނެ އެވެ.

ބީލަންތައް ބަލައިގަތުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގަ އެވެ. އެ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.