ލޯ ކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އަދި ހާއްސަކޮށް އުމުރުން ދުވަސްވަމުންދާ ވަރަކަށް ލޯ ކައިރި ކަޅުވާލެއް ބޮޑުވެ އެވެ.
ލޯ ކައިރި ކަޅުވުމުގައި އެމީހެއްގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތް ވެސް ވަރަށް ބޮޑު ދައުރެއް ކުޅެ އެވެ. ހަމަ އެހެންމެ އެމީހަކު ހަންގަނޑު އުފެދިފައި ހުންނަ ގޮތުން ވެސް އަވަހަށް ލޯ ކައިރި ކަޅުވާން މެދުވެރިވެ އެވެ.
ލޯ ކައިރި ކަޅުވާން ދިމާވާ އެންމެ އާއްމު ސަބަބުތައް:
* ގިނަ ކަންތައްތަކާ ވިސްނާ ހިތާމަ ކުރުން
* ކެވޭ އެއްޗެހީގެ ސަބަބުން ނުވަތަ ކެއުން މަދުވުން
* ފެން މަދުވުން
* ހޯމޯން އަށް އަންނަ ބަދަލެއްގެ ސަބަބުން
* އާދަކޮށް ސިނގިރޭޓް ބުއިން
* ނިދުން މަދުވުން
* އިރުގެ އަލީގެ ސަބަބުން
ލޯ ކައިރި ކަޅުވުމުން ސަލާމަށް ވުމަށް މި ކަންތައްތަކަށް ސަމާލުކަން ދޭން ޖެހެ އެވެ. އެހެންނަމަވެސް ގުދުރަތީ ގޮތުން ބައެއް މީހުންގެ ކަށިތަކާއި މަސްތައް އުފެދިފައި ހުންނަ ގޮތުން ވެސް ލޯ ކައިރި ކަޅުވެދާނެ ކަން ހަނދާން ބަހައްޓާށެވެ.
ލޯ ކައިރި ކަޅުވުމުން ސަލާމަތް ވުމަށް:
* މަދުވެގެން ދުވާލަކު 10 ތަށި ފެން ބޯށެވެ.
* ނިދި ހަމަ ކުރާށެވެ.
* ގިނައިން މޭވާ އާއި ތަރުކާރީ ކާށެވެ.
* ބެލެންސް ޑައިޓެއް ގެންގުޅޭށެވެ.
މިއީ ލޯ ކައިރި ކަޅުވުމުން ސަލާމަތް ވުމަށް ކުރެވިދާނެ މުހިއްމު ކަންކަމެވެ. ތިރީގައި އެވަނީ ލޯ ކައިރި އާދަޔާ ހިލާފަށް ކަޅު ނަމަ އެކަން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.
ލޯ ކައިރި ކަޅުވަމުންދާ ކަން ފާހަގަކުރެވޭ ނަމަ ދެވޭނެ ފަރުވާ:
ލޯ ކައިރި އާދަޔާ ހިލާފަށް ކަޅުވަމުން އަންނަ ކަމަށް ފާހަގަކުރެވޭ ނަމަ ކުރިން ހިމަނާލި ސަބަބުތަކަށް ވިސްނުމުގެ އިތުރުން އެކަމަށް ފަރުވާއެއް ދޭށެވެ.
މިގޮތުން ރޯ އަލުވި ފޮތި ކުރުމަށް ފަހު ލޯ ކައިރީގައި ބާއްވާލާށެވެ. މިގޮތަށް ފަނަރަ މިނެޓް ބާއްވާލާށެވެ. ހަމަ މިގޮތަށް ކިއުކަމްބާ ވެސް ބޭނުން ކުރެވިދާނެ އެވެ. އަލުވީގައި ހުންނަ އެންޒައިމްތައް ލޯ ކައިރީގައި ހުންނަ ކަޅުކަން ފިލުމަށް އެހީތެރި ވެދެ އެވެ.
ސައި ދެ ސަމްސާ ފިނި ކުރުމަށް ފަހު ލޯ މަތީ އަޅާ ހިފަހައްޓާލައިގެން ހުންނާށެވެ.
ހަމަ އެހެން އައިސްއަލަމާރި އަށް ލާ ފިނިކޮށްލުމަށް ފަހު ދެ ސައިފަތް ޕެކެޓް ލޯ މަތީ އަޅާފައި ބޭއްވުމުން ވެސް ލޯ ކައިރީގައި ހުންނަ ކަޅުކަން ފިލާނެ އެވެ.