Last Updated: April 24, 21:44
Thursday, April 24, 2025
ޚަބަރު

ކޮމަންޑޫ ހިއްކި ސަރަހައްދަށް ވަގުތީ ހިމާޔަތެއް

ށ. ކޮމަންޑޫ އަދި މަތިކޮމަންޑު ގުޅާލުމުގެ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިއީ މިހާރަށް ހިއްކިފައިވާ ސަރަހައްދު ގިރައިގެންދިޔަ ނުދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.