ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ކުޅަދާނަ ބަތަލާ ވިދިޔާ ބާލަން މިހާރު އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ.
މީޑިއާތަކުން މި ގޮތަށް ތުހުމަތު ކުރަން ފެށީ ފަހަކަށް އައިސް، ވަރަށް ގިނަ ފަހަރުމަތިން ވިދިޔާ ހޮސްޕިޓަލަށް ދާ ތަން ފެންނާތީ އެވެ. މިކަމަށް މީޑިއާތަކުން ފާރަމުން އަންނަ އިރު، ވިދިޔާ ހޮސްޕިޓަލަށް އެހާ ގިނައިން ޒިޔާރަތް ކުރަން ޖެހޭ ސަބަބެއް މީޑިއާތަކުން ބަލަން ބޭނުންވެ އެވެ. އަދި އެފަދަ ކޮންމެ ފަހަރަކު އާއިލާގެ މީހަކު ވިދިއާ އާ އެކު ފެނެ އެވެ.
އެހެންވެ މީޑިއާތަކުގެ ބޮޑި ސުވާލަކީ ވިދިޔާ ބަލިވެ އިނީ ހެއްޔެވެ؟ މީޑިއާތަކުން އެ ސުވާލް އުފައްދާނެ އެވެ. ވިދިޔާއަކީ ކައިވެނިކޮށްގެން ހުރި ބަތަލާއެކެވެ. އެހެންވެ ބަލިވެ އިނުމަކީ ވެދާނެ ކަމެކެވެ. ވިދިޔާ ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ.
އޭނާގެ ފިރިއަކީ ޔޫޓީވީގެ ސީއީއޯ ސިދާތު ރޯއި ކަޕޫރެވެ. އެއީ "އާޝިގީ 2" އިން ވިދާލި އެކްޓަރު އަދިތިޔާ ރޯއި ކަޕޫރުގެ ބޭބެ އެވެ.
ނެޝަނަަލް އެވޯޑާއި ދާފި ފަހުން ޕަދްމާ ޝްރީ އެވޯޑްގެ އިތުރުން އިންޑިއާގައި ދެވޭ ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ވިދިޔާ އާއި ސިދާތުގެ ކައިވެންޏަށް ދެ އަހަރުވީ އިރު، އެ މީހުން ކުއްޖެއް ހޯދުމާ ދޭތެރޭ ވެސް ވިސްނާނެކަން ޔަގީނެވެ.
އެހެންވެ މީޑިއާތަކުން ދެކެނީ ވިދިޔާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީ ކަމަށެވެ. ނިކަން ވާ ގޮތެއް ބަލަން ތިމެބާ ހިނގާށެވެ. ވިދިޔާގެ ފަރާތުން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް ބަހެއް ނުލިބެ އެވެ. އެހެންވެ އޭނާ ބަލިވެ އިން ކަމެއް އަދި ކަށަވަރުކަމާ އެކު ބުނާކަށް ނޭނގެ އެވެ.
ވިދިޔާ މިހާރު އުޅެނީ މި މަހުގެ 21 ގައި ރިލީޒް ކުރާ އޭނާގެ ފިލްމް "ޝާދީ ކޭ ސައިޑް އިފެކްޓްސް" ގެ ޕްރޮމޯޝަންތަކުގައި ވެސް ވަރަށް ބިޒީކޮށެވެ.
އަދި އޭނާ ކުޅުމެން އަންނަ ޖާސޫސީ ފިލްމް "ބޮބީ ޖާސޫސް" ގެ މަސައްކަތް ވެސް ވަނީ މެކުހަކަށް ޖަހައިފަ އެވެ.