"ކުރަން މިއަށް ވުރެ މުހިއްމު ކަމެއް މިހާރު ނެތީމަތަ ލިންކް ރޯޑް ސަރަހައްދުގައި ހުރި ރުއްތަކެއް މިއަދު ކައުންސިލުން ނެގީ؟" އައްޑޫ ލިންކް ރޯޑްގެ "ރުއްގަނޑު" ގައި ހުރި 50 އަށް ވުރެ ގިނަ ރުއް ކައުންސިލުން ނެގުމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
ބައެއް މީހުން ސުވާލުކޮށްފާނެ އެވެ. އެ ރުއްތައް ހުރެގެން ކައުންސިލެއްވީ ކޮން އުނދަގުލެއް، ތުރާލެއް ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު އެންމެ ތިލަކޮށް ދޭ ނަމަ މޭޔަރު އަލީ ނިޒާރު ދެއްވަން އޮތް ޖަވާބަކީ މިއެވެ؛ ރުއްތައް ނެގީ އާންމުންގެ ސަލާމަތާއި ރައްކަލަށްޓަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ފައިދާ ނުކުރާ އެ ރުއްތަކުން ލިބެނީ ގެއްލުމެވެ. އެގޮތުން ބަލިކަށިވެފައިވާ ބައެއް ރުއްތައް ވެއްޓުމާއި އެ ރުއްތަކުން ދުއްވާ އެއްޗެހީގެ މައްޗަށް އެއްޗެހި ވެއްޓި އެކި ކަހަލަ ހާދިސާތައް ހިނަގމުން ދިއުން ހިމެނެ އެވެ. އެެހެންވެ އެ ސަބަބަށްޓަކައި ރުއްތައް ނެގީ އެވެ.
Noooooooo!!!!! This I saw when I was in Addu. Why?! Why?! 😩😩 https://t.co/YEUQr9zV0u pic.twitter.com/3AjrvoG6P1
— Jen🇲🇻 (@jennasym) March 10, 2022
އެކަމަކު ރުއްތައް ނެގުންވީ އާންމުންނަށް ހަޖަމުކުރަން ތަންކޮޅެއް ދަތި ކަމަކަށެވެ. ރުއްތައް ނަގަން ފެށުމާ އެކު ފޮޓޯ އާއި ވީޑިއޯ ނަގައި އެކި މީސްމީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށް. އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުން ގޮސްފައިވެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި ކައުންސިލުން "ހަލާކުކޮށްލީ" ލިންކް ރޯޑުގެ އެންމެ ހިތްގައިމު ސަރަހައްދެވެ. ހާއްސަަކޮށް މަގު ދެމިގެންގޮސްފައި އޮތް ސަރަހައްދުގެ ތެރެއިން މާމެންދުއާ ދިމާލުން މަގު ވަކި ދެ ލޭނަކަށް "ފަޅިވެ" އޮތް ރުއްގަނޑުގެ ސަބަބުން މަގަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. އެހެންވެ ރުއްތައް ނެގުމަކީ ލިބުނު މާޔޫސީއެކެވެ.
I have no words 😭😭😡😡
Addu Link Road’s favorite spot just lost all coconut palms!
Environment protection is such a joke in Maldives! pic.twitter.com/FkRyuXbEwS
— Coach Shujau 🇵🇸 (@coachshujau) March 10, 2022
މީގެ ކުރިން ވެސް އައްޑޫން ރުއްތަކެއް ނެގުމާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިނގާފައިވާ މިފަދަ ކަންކަމާ ހެދި އާންމުން ލޭކެކި ރަތަށް އަރާފައިވެ އެވެ. ސަބަބަކީ މިއީ ތިމާވެއްޓާ ގުޅޭ ކަމަކަށް ވާތީ އެވެ. ގަހެއް ރުކެއް ތަނެއްގައި ހެދި ފޯވާން އެތައް އަހަރެއް ނަގަ އެވެ. އެހެންވެ "ހަމަ ފިކުރެއް ނެތި" ގަސްތަކާއި ރުއްތައް ލުހެލުމަކީ ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވަނީ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ރުއްތައް ނަގާފައި އެ ރުއްތައް ހުރި ދިމާތައް ހުހަށް ދޫކޮށްލަނީކީ ނޫނެވެ. ބަދަލުގައި ގަސް އިންދާނީ އެވެ. އަދި ރުއްތައް ނެގީ ވެސް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ގެ ހުއްދަ ލިބުގެން ކަމަށްވާތީ ރުއް ނެގި ދިމާތަކަށް ދެން އެންމެ އެކަށޭނެ ކަހަލަ ގަސްތަކެއް އިންދާނެ އެވެ.
Mayor says” Those coconut palms have no benefits to Addu people. It doesn’t give us coconuts or shade. Recently a coconut fell from another area hit a car and damaged the car” https://t.co/qR4X26lv9T
— Coach Shujau 🇵🇸 (@coachshujau) March 10, 2022
"އެ ސަރަހައްދުގައި ދެން އަޅުގަނޑުމެން ބައްތިތަކެއް ވެސް ޖަހާނަން. އޭރުން ރޭގަނޑު ދުއްވާ މީހުންނަށް އިތުރު ފަސޭހަ ކަމެއް ވެސް ލިބޭނެ." ނިޒާރު ވިދާޅުވި އެވެ.
Mayor says” Those coconut palms have no benefits to Addu people. It doesn’t give us coconuts or shade. Recently a coconut fell from another area hit a car and damaged the car” https://t.co/qR4X26lv9T
— Coach Shujau 🇵🇸 (@coachshujau) March 10, 2022
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަަށްޓަކައި "ރުއްގަނޑު ސާފުކުރަން" ޖެހުނަސް ކައުންސިލަށް މި ވަގުތު މާ ބޮޑު މައްސަލައެއް ނޫނެވެ. ސަބަބަކީ 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ވެސް ކައުންސިލުން ފަށާފައި އޮތުމެވެ. އެ ޕްރޮގާމް ފެށި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އެހެންވެ ކައުންސިލުން ދެކޭ ގޮތުގައި އައްޑޫގައި މި ވަގުތު ހުރި "ފައިދާއެއް ނެތް ގެއްލުން ހުރި" ރުއްތަކެއް ނެގިޔަސް ކުރިއަށް އޮތް ތަނުގައި ރުކުގެ ތިޔާގިކަމާއި ހިތްފަސޭހަކަމާއި ތިޔާގިކަން އައްޑޫން ފެންނާނެ އެވެ. އެކަމަކު އެ މަންޒަރާ ހަމައަށް ދާން އަދި އަހަރުތަކެއް ނަގާނެ އެވެ.