ކ. މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެމީހާ މަރުވެފައި ވަނީ ޖަލަށް ތަކެތި ވެއްދުމަށް ފަތާފައި ޖަލު ހުރި ސަރަހައްދަށް އަރަނިކޮށް އެތަނުގެ ސެކިއުރިޓީންނަށް ފެނުމުން މޫދަށް ފުންމާލުމުން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ ކަނޑުގެ އަނޑިންނެވެ.
މި ހާދިސާ އާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ފޮރުވައިގެން ތަފާތު ގޮތްގޮތަށް ޖަލަށް ތަކެތި ވައްދާ އިރު އޭގެ ތެރެއިން ބައެއް ތަކެތި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އަތުލައިގަނެ އެވެ.