"ދެކުނު ބާނި 01-14" ގެ ނަމުގައި ސާޗް އެންޑް ރެސްކިއު އެކްސަރސައިޒެއް އެމްއެންޑީއެފް ސަދަން އޭރިއާގައި ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގައި މީހުން ސަލާމަތް ކުރުމަށް ހިންގޭ އޮޕަރޭޝަންތައް ހިންގާނެ ގޮތްތަކާއި ކަނޑުމަތީގައި ހާލުގައި ޖެހިފައި އޮންނަ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށް ދޭނެ ގޮތްތައް ފަރިތަކޮށްފައިވެ އެވެ.
އެކްސަރސައިޒް "ދެކުނު ބާނި 01-14" ގެ މަޤްޞަދަކީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޤާބިލުކަން އިތުރުކޮށް އޭރިއާގެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކޮށް ބެލެހެއްޓުމާއި ހާލުގައި ޖެހޭ އުޅަނދުފަހަރަށް އެހީތެރިވުމުގައި ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަން އެންމެ އަވަސް ގޮތެއްގައި ފޯރުކޮށް ދެވޭނެ ގޮތްތައް ފަރިތަ ކުރުމަށް ހިންގުނު އެކްސަސައިޒެކެވެ.
މިއީ އަހަރަކު ދެ ފަހަރު ބޭއްވުމަށް ރޭވިފައިވާ އެކްސަސައިޒެކެވެ.
މި އެކްސަސައިޒުގައި އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިފައިންނާއި އުޅަނދުފަހަރު ހަރަކާތްތެރި އެވެ.
މީގެ އިތުރުން ކޯސްޓްގާޑްގެ އެއަރ ވިންގުގައި ބޭނުން ކުރާ ހެލިކޮޕްޓަރު ވެސް މި އެކްސަސައިޒްގައި ޙަރަކާތްތެރިވި އެވެ.