ޔޫއެސް އެއިޑްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް" އިއްޔެ އިފުތިތާހުކޮށްފި އެވެ.
ޔޫއެސް އެއިޑްގެ 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހިންގަން ނިންމާފައިވާ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމުތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގައުމުތައް ކަމަށެވެ.
USAID Climate Change Adaptation Project Maldives has been launched today. Speaking about Climate Change Minister Shauna emphasized that being a small island state Maldives has a severe chance of being impacted by the climate crisis. pic.twitter.com/PmvdDqJZJR
— Min. of Environment, Climate Change and Technology (@MoEnvmv) March 15, 2022
އޭނާ ވިދާޅުވި ގޮތުގައި އެހެންވެ ތިމާވެއްޓާ ގުޅުވައިގެން އަލަށް ފެށި ޕްރޮޖެކްޓަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލިއްޔަތާއި އުފެއްދުންތެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ފަހި ވިސްނުމާއި އިތުރު ހިޔާލުތައް ހިއްސާކުރުމަށް ލިބޭނެ އިތުރު ފުރުސަތަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
“Despite contributing least to global warming, the Small Island States such as the Maldives are being impacted first and most severely by the climate crisis” pic.twitter.com/iK8t8AYOD7
— Min. of Environment, Climate Change and Technology (@MoEnvmv) March 15, 2022
"ގުޅިލާމެހިފައިވާ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއް،" ޝައުނާ ވިދާޅުވި އެވެ. "މުޖުތަމައުގެ ވިލުންވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ސަރުކާރާއި، ބައިނަލްއަގްވާމީ ފަރާތްތަކުންކުރާ މި މުހިއްމު މަސައްކަތަށް އަމިއްލަ ވިޔަފާރީގެ ދާއިރާ އިން ވެސް އެއްބާރުލުން ދޭން ޖެހޭ."
މި ޕްރޮޖެކްޓްގެ ދަށުން މޫސުމީ ބަދަލުތަކާ ހުރެ ކުރިމަތިވާ ހުރަސްތަކަށް ހުރި އީޖާދީ ހައްލުތައް ފާހަގަކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަން ހުރި މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމަށް ޔޫއެސް އެއިޑުން އެހީތެރިވެދޭނެ އެވެ.