އައްޑޫލައިވް އިން ބާއްވާ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"އައްޑޫލައިވް ރޯދަ ސްމޭޝް 2022" ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މޭއި 4 ވަނަ ދުވަހާއި ހަމައަށް ހިތަދޫ ބެޑްމިންޓަން އެރީނާގައެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ މެންސް ޑަބަލް، ވިމެންސް ޑަބަލް އަދި މިކްސްޑް ޑަބަލްސް މި ތިން ކެޓަގަރީއަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 21:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރައަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހެޅިފައެވެ.
މުބާރާތާއި ގުޅޭ މައުލޫމާތު 7791434 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.