އައްޑޫގައި ބަޔޮސްފިއާ ރިޒާވް އެޑްވައިޒަރީ ކޮމީޓީއެއް އެކުލަވާލަން ނިންމައި މައިގަނޑު ހަތް ދާއިރާކުން އެއަށް މެމްބަރުން ހޯދަން ކުރިމަތިލާން ދިން މުއްދަތު ކައުންސިލުން އިތުރުކޮށްފި އެވެ.
ކުރިމަތިލާން ކުރިން ދިން މުއްދަތު މި މަހުގެ 6 އަށް ހަމަވި އިރު، އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ މިހާރު މި މަހުގެ 24 އާ ހަމައަށް މުއްދަތު އިތުރުކޮށްފައިވެ އެވެ.
އެޑްވައިޒަކީ ކޮމިޓީ މެމްބަރުން ބޭނުންވާ ދާއިރާތަކަކީ ތާރީހާއި ސަގާފަތް، ދަނޑުވެރިކަން، މަސްވެރިކަން، ގެސްޓް ހައުސް/ޑައިވިން ސެންޓަރު، ލައިވްއަބޯޑް އެސޯސިއޭޝަން ޓޫރިޒަމް (ރިސޯޓްތައް) އަދި މަދަނީ ޖަމިއްޔާތަކެވެ. ކައުންސިލުން ބުނީ ކޮމިޓީ އެކުލަވާނީ ކޮންމެ ދާއިރާއަކުން އެކަކު ހިމެނޭ ގޮތަށް ކަމަށެވެ.
އައްޑޫގައި ބަޔޮސްފިއާ ރިޒާވް އެޑްވައިޒަރީ ކޮމީޓީއެއް އެކުލަވައިލަން ނިންމީ ސިޓީ ފެންވަރުގައި ބަޔޮފިސްއާ ރިޒާވްގެ ކަންކަން ކޯޑިނޭޓްކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގަ އެވެ. އެ ކޮމިޓީގެ މައިގަނޑު މަގުސަދަކީ ސިޓީ ބަޔޮސްފިއާ ރިޒާވްގެ ކަންތައްތައް ހިންގުމުގައި ޔުނެސްކޯ މޭން އެންޑް ބައޮސްފިއާ (މެބް) ރިޒާވަށް ލަފާދެއްވުމާއި މޭން އެންޑް ބަޔޮސްފިއާ ނޭޝަނަލް ކޮމިޓީގެ ސްޓެރެޓެޖީ އާއި އެކްޝަން ޕްލޭންތަކުގެ އންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.
New @UNESCO_MAB #BiosphereReserve: Addu Atoll, #Maldives. Congratulations! 😃👏
Learn more about #BiosphereReserves: https://t.co/UzIEVb1EZs pic.twitter.com/iRXJWyFfIk
— UNESCO 🏛️ #Education #Sciences #Culture 🇺🇳😷 (@UNESCO) October 28, 2020
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ކަނޑައެޅީ އޮކްޓޯބަރު 28، 2020 ގަ އެވެ. އެކަމާ ގުޅުވައިގެން ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް އައްޑޫގެ ހަތަރު ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އެއީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.