Last Updated: November 27, 09:34
Wednesday, November 27, 2024
މުނިފޫހިފިލުވުން

އަނުޝްކާގެ ތުންފަަތަށް މި ވަނީ ކިހިނެއް؟

ރީތިކަން ފުރިހަމަ ކުރުމުގެ ގޮތުން ބޮލީވުޑްގެ ބަތަލާއިން ފާޑުފާޑުގެ ސާޖަރީތައް ހެދުމަކީ އާ ކަމެއް ނޫނެވެ. އެއީ ވަރަށް އާންމު ކަމެކެވެ.

އެކަމަކު އާންމުންނަށް މިކަން ފާގަހަވެގެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަދި މީޑިއާތަކުން ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް ވަޅީގެ މިޔަ ދަށަށް ވަންނަ އެފަދަ ބަތަލާ އިން އެކަމަކަށް ދުވަހަކު ވެސް އެއްބަހެއް ނުވެ އެވެ.

އެކަމަކު އެއް ފަހަރު ފެނިފައި، ދެވަނަ ފަހަރަށް ބަތަލާ އިން ފެންނަ އިރު، ފާހަގަ ކުރެވޭ ވަރުގެ ބޮޑެތި ބަދަލުތަކެއް ބައެއް ތަރިންނަށް އަންނަމުން ދެ އެވެ.

މޫނުގެ ބައްޓަން ރީތި ކުރަން ކަމަށް ވިޔަސް އަދި ތުންފަތް ނުވަތަ ނޭފަތް ރީތި ކުރަން ކަމަށް ވިޔަސް ސާޖަރީތައް ހެދުމަކީ ބޮލީވުޑްގެ ބަތަލާއިންނާ ވަރަށް ރައްޓެހި ކަމެކެވެ.

މިފަދަ ލިސްޓަކަށް ދާ ނަމަ އައިޝްވާރިއާ ރާއީ، ޕްރިތީ ޒިންތީ، ޕްރިޔަންކާ ޗޯޕްޅާ، ޝިލްޕާ ޝެޓީ، މިނިޝާ ލާމްބާ، ކޮއެނާ މިތުރާ، ކެޓްރީނާ ކެއިފް ފަދަ ތަރިންގެ ނެގި ދާނެ އެވެ.

JGHBB (1)

މި ލިސްޓްގައި ފަހަކަށް އައިސްްްް އެންމެ ގަދައަށް ދެެކެވޭ ވާހަކައަކީ ބަތަލާ އަނުޝްްކާ ޝަރްމާ އަށް އަންނަ ބަތަލުތަކުގެ ވާހަކަ އެވެ.

އޭނާ ފެންނަ ކޮންމެ މިީހަކަށް، އެެއްވެސް ޝައްކަކާ ނުލައި ޔަގީން ކުރެވޭ ވަރަށް އަނުޝްކާގެ މޫނު މައްޗަށް ފަހަކަށް އައިސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

މި ވާހަކަ މިހާރު އެހާ ހޫނުކޮށް ދެކެވެނީ ކަރަން ޖޯހަރުގެ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގައި އަނުޝްކާ ބައިވެރިވާ އެޕިސޯޑުން އާންމު ކުރި ޓީޒާގައި އަނުޝްކާ ފެންނަލެއް މިހާރު މާ ބޮޑަށް ވެސް ތަފާތު ކަމުންނެވެ. އޭނާގެ ތުންފަތަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ހާއްސަކޮށް މަތީ ތުންފަތަށެވެ.

JGHBB (3)

އެއީ ގައިމު ވެސް މުއުޖިޒާތަކުން ވީ ކަމެއް ނޫނެވެ. އަނުޝްކާގެ ތުންފަތުގެ ސާޖަރީއެއް ހެދި ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2012 ވަނަ އަހަރު ރިލީޒްވި "ޖަބް ތަކް ހެ ޖާން" ގެ ޕްރޮމޯޝަނަލްގެ އިވެންޓަކަށް ފަހު އެވެ.

ފިލްމީ ދާއިރާ އަށް ޝާހްރުކް ހާނާ އެކު 2008 ވަނަ އަހަރު "ރަބް ނެ ބަނާދީ ޖޯޅީ" އިން އަނުޝްކާ ތައާރަފުވި އިރު، ތުންފަތް ހުރި ގޮތާއި "ޖަބް ތަކް ހެ ޖާން" ގް ޕްރޮމޯޝަންތަކާ އެކު ތުންފަތަށް އައިސްފައި ހުރި ބަދަލުން ނޫސްވެރިން ސާޖަރީއެއް ހެދީތޯ އެހުން އަނުޝްކާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

އެހެން ނަމަވެސް މި ވާހަކަ އޭނާ ދައްކަން ބޭނުން ނުވިޔަސް، ސަޕޯޓަރުންގެ ލޮލަށް އޮޅުވައެއް ނުލެވޭނެ އެވެ. އަނުޝްކާގެ ތުންފަތަށް ގެނެސްފައި އެ ހުރި ބަދަލު އެ ހުރީ ވަރަށް ހާމަކޮށް މިހާރު ފެންނާށެވެ. ކަެރަންގެ ޝޯ އިން އެކަން އަދި މާ ބޮޑަށް އެނގެ އެެވެ.