Last Updated: April 24, 17:56
Thursday, April 24, 2025
ޚަބަރު

ޝިފާގެ ޝުކުރު މޭޔަރު މުއިއްޒަށް

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށާފައި އޮތް ކޮމިއުނިޓީ ގާޑަންގެ މަސައްކަތް މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ކުރިއަށް ގެންދަވާތީ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އެކަމަށް ޝުކުރުއަދާކުރައްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ޓެގްކުރައްވައި ވިދާޅުވީ ކޮމިއުނިޓީ ގާޑަން މިހާރު ފެންނަނީ "ވަރަށް ނަލަކޮށް" ކަމަށެވެ.

"އެކަމަށްޓަކައި ޝުކުރިއްޔާ. [އަދި އެތަނުގެ] ކުލި ވެސް ކުޑަކުރެވޭ ކައުންސިލަށް." އޭނާ ވިދާޅުވި އެވެ.

ކުލީގެ ވާހަކަ ޝިފާ ފާހަގަކުރެއްވީ ކޮމިއުނިޓީ ގާޑަންގައި ގަސް ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އެތަނުގެ ކުލި އަގުބޮޑުކަމުގެ ޝަކުވާތައް ކުރަމުންދާތީ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ކޮމިއުނިޓީ ގާޑަން އަކީ މޭވާ އާއި ތަރުކާރީ އާއި މާމެލާމެލީގެ ބާވަތްތަކުގެ ގަސްތައް ވިއްކަން ހާއްސަ ތަނެކެވެ. އެތަނުން 30 ގޮޅިއެއް ދޫކޮށްފައިވާ އިރު، ގޮޅިއެއްގެ މަހު ކުއްޔަކީ 700ރ. އެވެ.