Last Updated: November 24, 21:27
Sunday, November 24, 2024
ކުޅިވަރު

ހުުޅުވާ މެޗްގައި ހަބޭހާއި ޕްރެންޑްސް

މުބާރާތުގެ ގުރުލުމުގެ ތެރެއިން. ފޮޓޯ/ ސްޓްރީޓް ސޮކާ

މި މަހުގެ 10 ގައި ފަށާ "ސްނިކާސް ސްޓްރީޓް ސޮކާ 2014" ގެ ހުޅުވާ މެޗްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ފޭދޫ ފްރެންޑްސް ކުލަބާއި ހަބޭސް ނިއު ޖެނެރޭޝަން ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުބާރާތް ހުޅުވާ މެޗްގައި ވާދަ ކުރަން ޖެހެނީ މި ދެ ޓީމްކަން ކަށަވަރުވީ ރޭ ބޭއްވި މުބާރާތުގެ ގުރުލުމުގަ އެވެ. ގުރުލުން ބާއްވައިފައި ވަނީ ގަމުގެ ޒުވާނުންގެ މަރުކަޒުގަ އެވެ.

ޖުމްލަ 20 ޓީމް ބައިވެރިވެފައިވާ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އެކެއްގައި ހިމެނެނީ ފްރެންޑްސް ކުލަބާއި ހަބޭސް ނިއު ޖެނެރޭޝަނާއި އެސްއެމްޓީ އާއި އަބާނި އެފްސީ އަދި މެޖެންޓާ އެވެ.

ގްރޫޕް ދޭއްގައި ހިނެނީ ޔަންގް މެޖެންޓާ، އައްޑޫ ސިޓީ ޕޮލިސް، ވިރެެންޑް އެފްސީ، ޔަންގް ވަންސް އަދި އެފްސީ ޒެފިއާ އެވެ.

ގްރޫޕް ތިނެއްގައި ހިމެނެނީ އެފްވައިސީ، އެމްއެންޑީއެފް، ވިވޭޝަސް އަދި އެފްސީ ގަބީލާ އެވެ.

ފަހު ގްރޫޕްގައި ހިމެނެނީ ކަޅަ ބެންޗާ، މަރަދޫފޭދޫ، ޕަޓާސް، ހަބޭސް އަދި ޝަންގްރިއްލާ އެވެ.

JBJN (2)

މި މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ގަމުގެ ސަވާހިލި ފިހާރަ ކުރިމައްޗާ ދިމާލުގައި އޮންނަ ކޯޓްގަ އެވެ.

މުބާރާތް ހުޅުވާ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 10 ވަނަ ދުވަހުގެ ރޭ 9:00 ޖަހާ އިރު އެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000ރ. ލިބޭ އިރު ރަނައަޕް ޓީމަށް 10،000ރ. ލިބޭނެ އެވެ.

މި އަހަރު ބާއްވާ ސްޓްރީޓް ސޮކާ މުބާރާތަކީ މީގެ ހަތަރު ވަނަ މުބާރާތެވެ. އަދި މި މުބާރާތަށް ޓީމްތަކުންނާއި އާންމުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ.

JBJN (1)

ވީބީން މާކެޓް ކުރާ "ސްނިކާސް" ޗޮކްލެޓުން މި ފަހަރު ސްކޮންސަކޮށްފައިވާ މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18 އާ ހަމައަށެވެ.