Last Updated: November 14, 21:35
Thursday, November 14, 2024
ސިއްހަތު

މޫނުގައި ބިހި: ކޮބާ ހައްލަކީ؟

މޫނުގައި ބިހި ނެގުމަކީ ގިނަ އަންހެން ކުދިން ވަރަށް ކަންބޮޑުވެ، ފޫހިވާ ކަމެކެވެ. އޭގެ ސަބަބުން މީހާގެ ސިފަ އަށް ބަދަލު އަންނާތީ އެވެ.

ބިއްސެއް ނެގުމާއެކު ބިހި ކޮށްޓައި ހަދަ އެވެ. މި ގޮތަށް ބިހި ކޮއްޓަނީ އަވަހަށް އެ ބިހި ދުއްވާލުމަށެވެ. އެކަމަކު ނޭނގި ނަމަވެސް އެކަމުގެ ސަބަބުން އިތުރު ބިހިތައް ނެގުމަށް މަގުފަހިވެ އެވެ. އެއީ ބިހި ފަޅާލުމުން އޭގައި ހުންނަ ޖަރާސީމްތައް މޫނުގެ އިތުރު ތަންތަނުގައި އުނގުޅޭތީ އެވެ.

މޫނުގައި ބިއްސެއް ނެނގުމުން އެ ބިހި އަތުން ފަޅާލައި ކޮއްޓާ ހެދުމުގެ ބަދަލުގައި އޭގެ އެތެރޭގައި ހުންނަ ޖަރާސީމުތައް ނެނގުމަށްޓަކައި ފުރަތަމަ ރަނގަޅަށް މޫނު އާވިން ހޫނުކޮށްލާށެވެ.
މޫނު ހޫނުކޮށްލުމުން މޫނުގައި ހުންނަ ކުދި ލޯވަޅުތައް ހުޅުވޭނެ އެވެ. މޫނުގައި އަތްލުމުގެ ކުރިން ރީތިކޮށް އަތް ދޮވުމަށް ވެސް ހަނދާން ބަހައްޓާށެވެ.

މި ގޮތަށް މޫނު އާވިން ހޫނުކޮށްލުމަށް ފަހު ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކޮށްގެން މޫނު ރަނގަޅަށް ސާފުކޮށް ލެވިދާނެ އެވެ.


މުހިއްމު ބައެއް މައުލޫމާތު:

* މޫނުގައި ނަގާފައި ހުންނަ ބިހީގައި އައިސް ކިއުބް އަޅާށެވެ. އައިސް ކިއުބު އެޅުމުން ބިހީގެ ރަތްކަން ކުޑަ ވާނެ އެވެ.

* ނިދާ ވަގުތު ބިހީގައި، ދަތް އުނގުޅާ ބޭސްކޮޅެއް އުނގުޅައިލާށެވެ. އޭގެ ބޭނުމަކީ ބިހި ނޮޅިފައި ހުރި ނަމަ ފާރުވުމުން ދުރުކުރުމެވެ.

* އަބަދުވެސް އޮއިލް ފްރީ ކޮސްމެޓިކްސް ބޭނުން ކުރުމަށް ސަމާލުވާށެވެ.

* މޫނުގައި ލުނބޯ ހުތް އުނގުޅައި ކުޑަކޮށް މަސާޖް ކުރާށެވެ.

* ބިހި ކޮށްޓާ ނަމަ ފަހަރުގައި ފާރު ގަނޑަކަށް ބިހި ބަދަލު ވެދާނެ އެވެ.

* މޫނުގައި ބިހި ނަގާ ނަމަ މާމުއި ލައިގެން މަސާޖް ކުރެވިދާނެ އެވެ.