ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެ ސިޓީގެ ރައްޔިތުންނާ އެކު ރޭ ބޭއްވި މާހެފުން ބައްދަލުވުމުގައި ރައީސް ވިދާޅުވީ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްގީކުރާ އިރު އެތަނުގައި ހާއްސަ ހިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ ސްޕެޝަލިޓީ ހިދުމަތްތައް ހިމަނުއްވާނެ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާނެ ގޮތާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ފުވައްމުލަކަކީ މިހާރު ވެސް ހޮސްޕިޓަލެއް ހިންގަމުން އަންނަ ސިޓީއެކެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށް ދެވޭ ގޮތަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.