* ބޭނުންވާ ތަކެތި:
4 ބާގަ ބަންސް
1 ކިއުކަންބާ
2 ޓޮމާޓޯ
100 ގްރާމް ބަޓަރު
* ކަޓްލެޓަށް ބޭނުންވާނެ ތަކެތި:
100 ގްރާމް ކެރެޓް (ކުޑަކޮށް ޗަސްކޮށްފައި)
100 ގްރާމް ތޮޅި (ކުދިކޮށް ކޮށައިފައި)
3 އަލުވި (މަޑުކޮށް، ޗަސްކޮށްފައި)
1 ލުނބޯ
1 ސަމުސާ އަސޭމިރުސް
2 ސަމުސާ ފުށް
ކުޑަ ތެޔޮކޮޅެއް/ ރަހަލާ ވަރަށް ލޮނު
* ތައްޔާރު ކުރާނެ ގޮތް:
ކެރެޓް އަދި ބީންސް ކޮޅު އެއް ތަށި ފެން އަޅައިގެން މަޑުވަން ދެން ކައްކާށެވެ. މި ތަކެތި މަޑުވުމުން އަލުވިކޮޅާއި އަސޭމިރުސް، ލޮނު، ލުނބޯ ލައިގެން މޮޑެފައި ހަތަރު ގުޅައަށް ހަދާލާށެވެ.
އެ އަށް ފަހު ފުށްކޮޅެއް އުނގުޅައި ކަޓްލެޓް ގޮތަށް ދަމާލާށެވެ. ކުޑަ ތެޔޮކޮޅެއްގައި ރަތް ވަންދެން ތެލުލާށެވެ. އެ އަށް ފަހު ބަޓަރުކޮޅެއް ތާހަށް އަޅާ އަނެއްކާ ވެސް ތެލުލާށެވެ. ދެން ބަނަސް ފަޅާލާފައި ދެ ފޮތި ކިއުކަންބާ، ދެ ފޮތި ޓޮމާޓޯ، ހަދާފައި އޮތް ކަޓްލެޓް ލާފައި މައްޗަށް ވެސް ކިއުކަންބާ އާއި ޓޮމާޓޯ ލާށެވެ.