ރަތް ޓޮމާޓޯ އަކީ އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. އޭގައި މެގްނީޒިއަމް، ކެލްސިއަމް، ޕޮޓޭސިއަމް ފަދަ ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ހިމެނެ އެވެ.
ރޯ ޓޮމާޓޯ އަކީ ހަންގަނޑަށް ވެސް ފަރުވާދެވިދާނެ އެއްޗެކެވެ. ތިރީގައި އެވަނީ ހަންގަނޑަށް ޓޮމާޓޯ އިން ދެވިދާނެ ބައެއް ފަރުވާތަކެވެ.
ހަންގަނޑަށް ދިމާވާ މައްސަލަތަކުގެ ތެރެއިން އަވިން ހަންގަނޑަށް ލިބޭ ގެއްލުމާ މެދު ގިނަ މީހުން ވަރަށް ކަންބޮޑުވެ އެވެ. ހަންގަނޑު ކަޅުވެ ފިހުމަކީ ވެސް އަވިން ކުރިމަތިލާން ޖެހޭ މައްސަލަތަކެވެ.
ރޯ ޓޮމާޓޯ ބޭނުންކޮށްގެން އެ މަސައްލަ ހައްލުކޮށްލެވި ދާނެ އެވެ.
އަވިން ކަޅުވެފައި ހުންނަ ހަންގަނޑުގައި ޓޮމާޓޯގެ ދިޔަ އުނގުޅާށެވެ. މިގޮތަށް ހެދުމުން ހަންގަނޑު ރީތި ވާނެ އެވެ. އަދި އަވިން ފިހިފައިވާ ތަނުގައި ޓޮމާޓޯ ދިޔަ އުނގުޅުމުން ވެސް ރަނގަޅު ވާނެ އެވެ.
މޫނުގެ ހަންގަނޑު އަލި ކުރުމަށް ބޭނުން ކުރާ ތައްޔާރީ އެއްޗެހީގެ ބަދަލުގައި ޓޯމާޓޯ އިން ފަރުވާއެއް ދެވިދާނެ އެވެ. އެގޮތުން ޓޮމާޓޯގެ ދިޔަ އާއި މާމުއި އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. އެއަށް ފަހު ރީތި ފެނުން މޫނު ދޮވެލާށެވެ. މިގޮތަށް ހެދުމުން ހަންގަނޑު އަލިވެ ސާފުވާނެ އެވެ.
ތެޔޮ ހަންގަނޑު ހުންނަ މީހުންނަށް ޓޮމާޓޯ އަކީ ހާއްސަ އެއްޗެކެވެ. މޫނުގައި ބިހި އުފެދުމުންނާއި މޫނުގެ ތެޔޮކަން ކަންޑުވާލުމަށް ވެސް ޓޮމާޓޯ ބޭނުން ކުރެވިދާނެ އެވެ.
މިގޮތުން ޓޮމާޓޯގެ ތޮށި ނެގުމަށް ފަހު އެއިން މޫނު މަސާޖު ކުރުމުން މޫނުގައި ހުންނަ ތެޔޮކަން ފިލާ މޫނު ރީތިވެ އެވެ.
މީގެ އިތުރުން ޓޮމާޓޯ އަކީ ގިނަ މާއްދާތައް އެކުލެވޭ އެއްޗަކަށް ވުމުން ކެއުމުގައި ޓޮމާޓޯ ހިމެނުމަކީ ރަނގަޅު ކަމެކެވެ.