ސ. ހުޅުދޫގައި ހިންގާ "ޑޮމިނޯ" ގެ ރޯދަ ސޭލް ފަށައިފި އެވެ.
ޑޮމިނޯ ފިިހާރައިން މައުލޫމާތު ދިން ގޮތުގައި ކުރީ އަހަރުތަކެކޭވެސް އެއްގޮތަކަށް މި އަހަރު ވެސް އެ ފިހާރައިގެ ރޯދަ ސޭލް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ސޭލްގައި ރޯދަ އަށް ހާއްސަކޮށް ގޭތެރެ ޒީނަތްތެރި ކުރުމަށް އަދި ބަދިގެތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ލިބެން ހުންނާނެ ކަމަށެވެ.
މި މަހުގެ 23 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި ބަދިގެ އާއި ގޭތެރޭގެ ހުރިހާ ސާމާނަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން 5-50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް "ޑޮމިނޯ" އިން ބުންޏެވެ.
ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލު ކައިރީގައި ބާއްވަމުން އަންނަ ސޭލް ކުރިއަށް ދާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.