Last Updated: November 24, 21:27
Sunday, November 24, 2024
ސިޔާސީ

ޑރ. ޑީޑީ ފޯމް ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ހުންނެވި ޑރ. ޑީޑީ އަމިއްލަ ގޮތުން ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ އިރު، އެ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަ ކުރައްވަނީ މުހައްމަދު ޝާހިދެވެ.

މިއަދު ފޯމް ހުށަހެޅުއްވުމަށް ފަހު ޑރ. ޑީޑީ ވިދާޅުވީ އޭނާ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވީ 122 މީހުންގެ ސޮޔާ އެކު ކަމަށެވެ.

އޭނާ ގެންދަވަނީ މިހާރު ހުޅުދޫގައި ވަރަށް ގަދަ އަށް ކެމްޕޭން ވެސް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ކެމްޕޭން ޖަގަހައެއް ވެސް އެ ރަށުގައި ހުޅުވައިފަ އެވެ.