Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ކޯޓަށް ފިލައިގެން އުޅޭ އަންހެނަކު ހޯދަނީ

ޑްރަގް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ ސ. ހިތަދޫ އަންހެނަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ހޯދަމުން ދަނީ ހިތަދޫ، ހަބަރުމާގެ އައިމިނަތު ޝަފީޤާ، 33، އެވެ.

އޭނާއަކީ ޑްރަގް ކޯޓަށް ފިލާފާނެ ކަމަށް އެ ކޯޓަށް ޤަބޫލު ކުރެވޭތީ ކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު ގެ 17 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.

އެހެންވެ އޭނާ އާ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.