Last Updated: November 25, 22:26
Monday, November 25, 2024
ރިޕޯޓް

ރޯދަ ރަހަ: ބީޓްރޫޓް ރައިސް

* ބޭނުންވާ ތަކެތި:

1/3 ޖޯޑު ކެރެޓު (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު ކެބެޖު (ކުދިކޮށް ކޮށާފައި)
1/3 ޖޯޑު ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
¾ ޖޯޑު ބީޓްރޫޓް (ކުދިކޮށް ކޮށާފައި)
1 ފިޔާ
¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
1 ޓޮމާޓޯ
2/3 ޖޯޑު ވަޅޯމަސް (ކޮށާފައި)
2 ލޮނުމެދު
½ 1 މޭޒުމަތީ ސަމުސާ ތެޔޮ
15 ހިކަނދިފަތް
½ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
1 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް
2 ޖޯޑު ކައްކާފައި ހުރި ބަތް

* ތައްޔާރުކުރާނެ ގޮތް:

ކެރެޓު، ކެބެޖު، ކެޕްސިކަމް، ބީޓްރޫޓް، ފިޔާ، އަދި ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. ދެން ޓޮމާޓޯ ފަޅާލާފައި އޮށްކޮޅު ނެގުމަށްފަހު ގޮޅިކޮށް ކޮށާލާށެވެ. ވަޅޯމަސްވެސް ކުދިކޮށް ކޮށާލާށެވެ. އެއަށް ފަހު ލޮނުމެދު ވެސް ކުދިކޮށް ތުނިކޮށް ކޮށާލާށެވެ.

ދެން ތެޔޮކޮޅު ތެއްޔަކަށް އަޅާ ހޫނު ކުރުމަށް ފަހު އެއަށް ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް އަދި އަސޭމިރުސް އަޅާފައި ފިޔާކޮޅު މަޑުވެ އެއަށް ރަތްވަންދަން ހަނާކުރާށެވެ. އެއަށް ލޮނުމެދުކޮޅު ތެއްޔަށް އަޅާފައި އެއްކޮށްލައި ރަތްކުރާށެވެ. ދެން ވަޅޯމަސް، ކެރެޓު، ކެބެޖު، ބީޓްރޫޓް އަދި ލޮނު ތެއްޔަށް އަޅާ އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ. ދެން މަޑު ގިނީގައި 5 ވަރަކަށް މިނިޓު ކައްކާލާށެވެ.

ޓޮމާޓޯ ޕޭސްޓް ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާފައި އަނެއްކާވެސް ތެލީގެ މަތި ޖަހައިގެން މަޑު ގިނީގައި 3 މިނިޓު ކައްކާލާށެވެ. ދެން ބަތްކޮޅު ތެއްޔަށް އަޅާ އެއްކޮށްލާފައި އަދި މިނިޓެއްހާ އިރު ކައްކާލާށެވެ.