Last Updated: November 24, 23:51
Sunday, November 24, 2024
ވިޔަފާރި

ކުކުޅު ބިހުގެ އަގު އުފުލިއްޖެ

އައްޑޫގެ ބާޒާރުތަކުގައި ކުކުޅު ބިސް މަދުވުމާ އެކު، ބިހުގެ އަގު އުފުލިއްޖެ އެވެ.

އައްޑޫގެ ރަށްރަށުގެ ގިނަ ފިހާރަތަކުން މިހާރު ކުކުޅު ބިހެއް ލިބެނީ އެވްރެޖްކޮށް 2.50ރ. އަށެވެ. ކުރިން ބިހެއް 1.50ރ. އާއި 1.75ރ. ދެމެދުގެ އަގަކަށް ލިބެމުން ދިޔަ އެވެ.

އެހެން ނަމަވެސް ބައެއް ފިހާރަތަކުން މިއަދު ބިހުގެ އަގު އުފުލިގެން ދިޔައީ ބިސް ވަރަށް ބޮޑަށް މަދުވެ، ޑިމާންޑް އުފުލުމާ ގުޅިގެން ކަމަށެވެ.

އަދި ބިހުގެ އަގަށް ދެން ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ މާލޭން އައްޑު އަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރުތައް އައުމާ އެކު ކަމަށް ބައެއް ފިހާރަތަކުން ބުންޏެވެ.

ބިހުގެ އަގު ކުއްލިއަކަށް މިހާ ބޮޑަށް އުފުލިގެން ދިއުމާ އެކު އާންމުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އަދި ކެފޭ އާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން ވެސް ބުނީ ބިހުގެ އަގު އުފުލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.