ހެލްތު މިނިސްޓްރީން އައްޑު އަޑް ފޮނުވި އާ އެމްބިއުލާންސް މިއަދު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ހަވާލުކޮށްފި އެވެ.
އައްޑު އަށް ލިބުނު މި އެމްބިއުލާންސާ އެކު މިހާރު އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ޖުމްލަ ހަތަރު އެމްބިއުލާންސް އޮންނާނެ އެވެ.
އެމްބިއުލާންސްގެ ދަތިކަމަކީ އައްޑޫގެ ސިއްހީ ދާއިރާ އަށް ކުރިމަތިވެފައި އޮތް ދަތިތަކުގެ ތެރެއިން އެއް މައްސަލަ އެވެ. ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ލިބިފައި މި ވަނީ މިދިޔަ މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުގައި ހޮސްޕިޓަލުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެމްބިއުލާންސްގެ ވާހަކަ ވެސް ފާހަގަކޮށްފައި ވަނިކޮށެވެ.
We are pleased to handover the Ambulance allocated to @aeh_mv ☺️ pic.twitter.com/j5dSfg860b
— STO (@stoplc) April 7, 2022
އޭއީއެޗާ ހަވާލުކުރި އާ އެމްބިއުލާންސަކީ ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން އެންމެ ފަހުން ގެނައި ބެޗްގައި ހިމެނޭ 21 އެމްބިއުލާންސްގެ ތެރެއިން އެއްޗެކެވެ. އެގޮތުން 8 ރަށަކަށް އެސްޓީއޯ އިން އެމްބިއުލާންސް މި ފަހަރު ހަވާލުކޮށްފައިވެ އެވެ.
އެ ރަށަށުގެ ތެރޭގައި ހިމެނެނީ އައްޑޫ ހިތަދު އާއި ފުވައްމުލަކާއި އއ. ރަސްދު އާއި ދިގުރަށާއު ތ. ވިލުފުއްޓާއި ގއ. ކަނޑުހުޅުދު އާއި ގދ. ނަޑެއްލާގެ އިތުރުން ކ. ގުރައިދު އެވެ.