Last Updated: April 24, 13:36
Thursday, April 24, 2025
ޚަބަރު

ރާއްޖޭން ނެތިދިއުމުގެ ބިރު އެންމެ ބޮޑީ ވެލާ

ދިރޭ ތަކެތީގެ ތެރެއިން ރާއްޖޭން ނެތިދިއުމުގެ ބިރު އެންމެ ބޮޑީ އެކި ބާވާތްތަކުގެ ވެލާ ކަމަށް ބުނެފި އެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ "ރެޑް ލިސްޓް" ގައި ރާއްޖޭން ނެތިދިއުމުގެ ބިރު އެންމެ ބޮޑީ ވެލާތައް ކަމަށްވާތީ މިކަމާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ލިސްޓްގައި ހިމެނޭ ވެލާގެ ބާވަތްތައް ހިމާޔަތްކުރަން ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އައިޔޫސީއެންގެ "ރެޑް ލިސްޓް" ރާއްޖޭގައި އުޅޭ ވެލާހެ ފަސް ބާވަތެއް ހިމެނެ އެވެ. އެއީ ލެދަބެކް ސީ ޓާޓަލް (މުސިންބީ)، އޮލިވް ރިޑްލީ ޓާޓަލް (ވާވޮށި ވެލާ)، ގްރީން ސީ ޓާޓަލް (ވެލާ) ،ލޮގަހެޑް ސީ ޓާޓަލް (ބޯބޮޑު ވެލާ) އަދި ހޯކްސް ބިލް ސީ ޓާޓަލް (ކަހަނބު) އެވެ.

ރާއްޖޭން ނެތިއުމުގެ ބިރު އެންމެ ބޮޑު ބާވަތަކީ ވެލާ އަށް ވެފައިވާ އިރު މި ފަހުން ވެލާތައް ބިސް އަޅަން އާންމު ނޫން ތަންތަނަށް އަރާކަން ފާހަގަވެފައިވެ އެވެ. އެގޮތުން ދާދި ފަހުން މާލެ އަށް ވެސް ދެ ފަހަރެއްގެ ވެލާ އަރައި، ކުރިން ރާއްޖޭގެ ރަށެއްގެ އެއާޕޯޓަށް ވެސް ވެލާ އަރާފައިވެ އެވެ.

ވެލަ އަކީ ހިފުން މަނާކޮށްފައިވާ ބާވަތަކަށް ވިޔަސް ވެލާ ހިފާ މައްސަލަ އަކީ ވެސް ދޭތެރެ ދޭތެރެ އިން ރާއްޖޭގައި ފެންމަތިވާ މައްސަލައެކެވެ. އަދި ކަނޑުފަޅަށް އުކާ ޕްލާސްޓިކް ކޮތަޅާއި މަސްހިފާ ދާ ފަދަ ތަކެތީގެ ސަބަބުން ވެސް ވެލާތަކަށް ނުރައްކާތައް ކުރިމަތިވެފައިވެ އެވެ.