Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު

42 ކިލޯގެ ޑްރަގްސް: ނަޝީދު އުމުރަށް ޖަލަށްލި

މިދިޔަ މަހުގެ މަހުގެ ތެރޭގައި މާލޭގެ ގެއެއްގެ ތަޅުގަންގަނޑު ދަށުން ފެނުނު 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އަބްދުﷲ ނަޝީދަކީ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އުމުރަށް ޖަލަށްލި މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

މި ފަހަރު އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނިލް ކޯޓށް ހާޒޮރުކޮށް ފުލުހުން ބުނީ މި ފަހަރު އޭނާ ގިނަ އަދަދެއްގެ މަސްތުވާކަތެއްޗާ އެކު އަތުލައިގަތީ ޕެރޯލްގެ ދަށުން ދޫކޮށްފައި ހުއްޓައި ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޝީދު އުމުރަށް ޖަލަށްލާން ހުކުމް ކުރީ 2006 ގަ އެވެ.

މަސްތުވާތެކެތީގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށް ވުރެ ދަށުން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުން ޕެރޯލް ލިބޭނެ އެވެ.

ނަޝީދުގެ ބަންދަށް ކުރިން ޖެހި 15 ދުވަސް ހަމަވާތީ އިއްޔެ ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް ޖަހައި ދީފަ އެވެ.

ތަޅުގަނޑު ކޮނެގެން ހޯދި 42 ކިލޯގެ ހެރޮއިންހެ މައްސަލާގައި ފުލުހުން ދެން ހައްޔަކުރީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕާޓީ، ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަހުމަދު ހުސައިނެވެ. އެ މައްސަލައާ ގުޅިގެން އެ ޕާޓީން ވަނީ އޭނާ ކައުންސިލުން ވަކިކޮށްފަ އެވެ. އަހުމަދު ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

ވަޅުލާފައި ހުއްޓައި ފުލުހުން 42 ކިލޯގެ މަސްތުވާތަކެތި ހޯދީ މިދިޔަ މަހުގެ 24 އާއި 25 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އަދި އެ ވާހަކަ ފުލުހުން އާންމުކުރީ މިދިޔަ މަހުގެ 25 ގަ އެވެ.