Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު

ސައިކަލުން ވެއްޓި އަނިޔާވި ދީދީ އޮތީ ވެންޓިލޭޓަރުގައި

އައްޑޫ ލިންކް ރޯޑްގައި ސައިކަލަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އަހުމަދުދީދީ (ދީދީ) އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ބުނެފި އެވެ.

އޭނަ އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ހެލިކޮޕްޓަރުގައި މާލެ ގެންދިައީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. އާދީއްތަ ދުވަހުގެ ރޭ ހިތަދޫން ފޭދު އަށް ސައިކަލުގައި ދަނިކޮށް ކުނިކޮށި ހިސާބުގައި ހިނގި ހާދިސާގައި ފޭދޫ އޯކިޑް މަންޒިލް ދީދީ، 56، ސައިކަލުން ވެއްޓި ބޮލަށް ލިބުނު ގެއްލުމުގައި ސިކުނޑި އަށް ލޭ ވެސް އެޅި، އޭނަގެ ލޮލަށް ވެސް ލޭ އަރާފައިވެ އެވެ.

ދީދީ މާލެ ގެންގޮސް އައިޖީއެމްގައި ފަރުވާދެމުން އަންނަ އިރު، އޭނަ މި ވަގުތު އޮތީ ވެންޓިލޭޓަރުގަ އެވެ.

އާއިލާ އިން ބުނީ ވެންޓިލޭޓަރަށްލީ އިންކިއުބޭޓަރުން ނެގި ފަހުން ފިޓްޖެހޭތީ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ ދީދީ އަށް ލިބުނު ގެއްލުންތަކާ ގުޅިގެން ބޮލުގެ ސާޖަރީއެއް ހަދަން ނުޖެހުނަސް މޫނުގައި ލާފައި އިން ރެނދެއް ސާޖަރީ ހަދަން ޖެހޭ ކަމަށް ލަފާ ދީފައިވާ ކަމަށެވެ.

ދީދީ ސައިކަލުން ވެއްޓުނު ގޮތެއް ސާފެއް ނުވެ އެވެ. އޭނާ ފެނުނީ ޒަހަމްތަކާ އެކީ ސައިކަލާ އެކީ މަގުމައްޗަށް ވެއްޓިފައި އޮއްވަ އެވެ. އެހެންވެ އެއްޗެއްގައި ޖެހުނީތޯ ނޫންތޯ ވެސް ސާފެއް ނުވެ އެވެ.