Last Updated: November 26, 13:45
Tuesday, November 26, 2024
ޚަބަރު

ޑރ. ދޮންތުއްތޫގެ އެހީއެއް އޭޑިއޭ މިސްކިތަށް

އޭޑީއޭ މިސްކިތް: މި މިސްިތަށް ޑރ. ދޮންތުއްތޫ ވަނީ ކުޑަދޮރުތަކެއް ހަދިޔާކުރައްވާފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫ ބޮޑު މަގުގައި ހުންނަ "މަސްޖިދުލް ނަސްރު" އަށް ފޭދޫގެ އަމިއްލަ ރައްޔިތެއް ކަމަށްވާ ޑރ. ދޮންތުއްތޫ (އިބްރާހީމް ހަލީލް) ދީލަތި އެހީއެއް ދެއްްވައިފި އެވެ.

އައްޑޫގެ ތަރައްގީ އަށް ކުރިން ސަރުކާރުން ހިންގި އަައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޑީއޭ) އިން ފޭދޫގައި އިމާރާތްކޮށްފައިވާ އޭޑިއޭ މިސްކިތަށް އޭނާ އެހީއެއްގެ ގޮތުގައި ވަނީ ކުޑަ ދޮރުތަކެއް ހަދިޔާ ކުރައްވައިފަ އެވެ. އެއީ 22 ދޮރެވެ.

އަމިއްލަ ކުލިނިކެއްގެ އިތުރުން ފާމަސީއެއް ވެސް ހިންގަވާ ޑރ. ދޮންތުއްތޫ މިސްކިތަށް ހަދިޔާ ކުރެއްވި ދޮރުތައް ފޭދޫ އަވަށު އޮފީސް މެދުވެރިކޮށް، މިހާރު ވަނީ އަރުވައިފަ އެވެ. އެ ދޮރުތައް އަރުވާފައި ވަނީ މިސްކިތުގައި މިހާރު ހުރި ކުޑަދޮރުތަކުގެ އެތެރެއިންނެވެ.

ދޮރުތައް ހަދާފައި ހުރި އެލްމިނިއަމް ދާ ޖަހައިގެންނެވެ. އެގޮތަށް ދޮރުތައް ހަދާފައި ވަނީ މިސްކިތް ތެރެއަށް ވައި ވައްދައި، މަދިރިން ރައްކާތެރި ކުރުމަށްޓަކަ އެވެ.

އެނގިފައިވާ ގޮތުގައި ޑރ. ދޮންތުއްތޫ އޭޑީއޭ މިސްކިތަށް ހަދިޔާ ކުރެއްވި ދޮރުތަކުގެ އަގު 15،000ރ. އަށް ވުރެ މައްޗެވެ.

DSC06793

މިކަމާ ބެހޭ ގޮތުން އޭނާގެ ބަހެއް ހޯދުމަށް ސުވާލް ކުރުމުން ވަކި އެއްޗެއް ޑރ. ދޮންތުއްތޫ ވިދާޅެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ މީގެ ކުރިން ވެސް އަދި މިހާރު ވެސް އެކިިއެކި ގޮތްގޮތުން ރަށަށް އެހީތައް ފޯރުކޮސް ދެއްވަމުން އަންނަ ބޭފުޅެކެވެ.