Last Updated: September 22, 00:20
Saturday, September 21, 2024
ޚަބަރު

ފުވައްމުލަކުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރަނީ

ފުވައްމުލަކު ސިޓީ--

ފުވައްމުލައް ސިޓީން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ނިންމާ އެކަމާ ގުޅޭ އުސޫލު އާންމުކޮށްފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި އުސޫލަކީ 30،000 މީހުން ޕާޓީގެ ދަފްތަރުގައި ހަމަވާ ސިޔާސީ ޕާޓީތަކަށް، ޕާޓީ ހިންގުމަށް ބޭނުންވާ އިދާރީ އޮފީސް ނުވަތަ ހަރުގެ ހެދުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުވައްމުލަކުން ބިން ދޫކުރުމަށް ހެދިފައިވާ އުސޫލެއް ކަމަށެވެ.

މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 4،000 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެކެވެ. މިގޮތަށް ދޫކުރާ ބިންތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 0.25 ލާރިއަށް ވުރެ ކުޑަނުވާ ގޮތަށް އެބިމެއްގެ ޖުމްލަ އަކަފޫޓަށްވާ ފައިސާ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެއިތުރުން މި އުސޫލުގައި ބަޔާންކުރާ އަދަދަށް ވުރެ ޕާޓީގެ ދަފްތަރުން މީހުން މަދުވެއްޖެނަމަ އެޕާޓީއަކަށް އެކަން އެންގުމާއެކު މީހުން ހަމަކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ބިން ހަވާލުކުރެވޭ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ނުފަށާނަމަ ބިން ދޫކުރެވުނު ފަރާތުން ވަކިކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތަށް ބިން އަތުލާއިރު އެބިމަކަށް ކޮށްފައިވާ އެއްވެސް ހަރަދަކަށް އެއްވެސް ބަދަލެއް ނުދެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.