* ބޭނުންވާ ތަކެތި:
½ ފިޔާ (ކޮށާފައި)
2 ލޮނުމެދު (ކޮށާފައި)
4 ތޮޅި މިރުސް (ކޮށާފައި)
½ ރަތް ބެލް ޕެޕާ (ކޮށާފައި)
150 ގްރާމް ބޯންލަސް ކުކުޅު (ކޮށާފައި)
1 ޖޯޑު އަލަނާސި (ކޮށާފައި)
½ 2 މޭޒުމަތީ ސަމުސާ އޮއިސްޓަ ސޯސް
½ 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
½ ލުނބޯ
2 މޭޒުމަތީ ސަމުސާ ތެޔޮ
1/3 2 ޖޯޑު ބަތް
* ތައްޔާރުކުރާނެ ގޮތް:
2. ބޯތަށްޓެއްގައި އޮއިސްޓަރ ސޯސް، ސޯޔާ ސޯސް އަދި ލުނބޯ ހުތް އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ. ދެން ތެއްޔެއްގައި ތެޔޮކޮޅު ހޫނު ކުރުމަށް ފަހު އޭގެ ތެރެއަށް ފިޔާކޮޅު އަޅާލާށެވެ. ފިޔާކޮޅު މަޑުވަންދެން ކައްކާލުމަށްފަހު ލޮނުމެދުކޮޅާއި މިރުސް އަޅާފައި ބައި މނިޓު ނޫނީ ލޮނުމެދުކޮޅު މަޑުވަންދެން ހަނާކުރާށެވެ. އެއަށް ފަހު ކުކުޅުކޮޅު އަޅާ އެއްކޮށްލާފައި ރޯފިލަންދެން ކައްކާށެވެ. ދޭތެރެއަކުން އެއްކޮށްލާ ފުށުން ޖަހާލަންވާނެއެވެ.
ދެން ބެލް ޕެޕަ އާއި އަލަނާސި ތެއްޔަށް އަޅާފައި އެއްކުރަމުން ދެ މިނިޓުވަރު ކައްކާށެވެ. އެއަށް ފަހު ބަތްކޮޅު އަޅާއެއްކޮށްލާފައި އެއްކޮށްފައި ބެހެއްޓި ސޯސްތައް ވެސް ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މިނިޓެއްހާ އިރު އެއްކުރަމުން ކައްކާލީމައި އެނިމުނީ އެވެ.