އެމްޑީޕީ ހަރުދަނާވުމަކީ ރާއްޖެ ހަރުދަނާވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރޭ ކ.ގުރައިދޫގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ގެންނަ ސިޔާސަތުތަކަކީ ރާއްޖޭގެ އެކިއެކި ކަންކަން ބަދަލުކުރުވާ ފަދަ ސިޔާސަތުތަކެއް ކަމަށާއި އެމްޑީޕީ ހަރުދަނާ ވުމަކީ ރާއްޖެ ހަރުދަނާވުން ކަމަށެވެ.
އެމްޑީޕީގެ ވެރިކަމެއް މިއަދު އޮތްއިރު ރާއްޖޭގައި ބައިވަރު ގޮންޖެހުންތައް އެބަހުރި ކަމަށާއި އަދި ރަނގަޅުކުރަން ވެސް ބައިވަރު ކަންކަން އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ގިނަ ކަންކަން ރަނގަޅު ވެސް ކުރެވިފައިވާ ކަމަށާއި 2023 އަނެއްކާ ވެސް އެމްޑީޕީއަށް ލިބުމަކީ ގައުމުގައި ހުރި ކަންކަން ހަމަޖައްސާލާ ރަނގަޅުކޮށްލަން ކޮންމެހެން ވެސް ބޭނުން ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
– މިޕާޓީ ހަރުދަނާވުމަކީ ރާއްޖެ ހަރުދަނާވުން. އަޅުގަނޑަކަށް ނުފެނޭ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެން މިނެރޭ ކަހަލަ ސިޔާސަތުތަކެއް ނޫނީ ރައްޔިތުން ބާރުވެރިކުރުވާ ރައްޔިތުން ޑިމޮކްރެޓިކް މުޖްތަމައަކަށް ގެންދަން މަސައްކަތްކުރާތަނެއް – @faya_i
pic.twitter.com/tG5x69hFJ5— kenereege thaureef (@thaureef) April 15, 2022
"އަޅުގަނޑުމެންނަކަށް ނުފެނޭ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެން މި ނެރޭ ފަދަ ސިޔާސަތުތަކެއް ނޫނީ ރައްޔިތުން ބާރުވެރިކުރުވާ، ޑިމޮކްރެޓިކް މުޖުތަމައުތަކަށް ގެންދަން މަސައްކަތް ކުރާތަނެއް. އެބޭފުޅުން ބަދަލުވީ ތަނެއް އަދިވެސް ނުފެނޭ. މިކަން ކުރަން އަދިވެސް މިއޮތީ އަޅުގަނޑުމެން، މި ޕާޓީގެ ފަރާތުން." ފައްޔާޒު ވިދާޅުވި އެވެ.
– އަޅުގަނޑުމެން މިކުރާ މަސައްކަތް މިކުރަނީ އަލުން އަނބުރާ މިނިވަންކަން ގެއްލި އަނިޔާވެރި މާޒީ އިޔާދަވިޔަ ނުދިނުމަށް- @faya_i
#MDPhingaalan pic.twitter.com/ibN2cqDmhb
— kenereege thaureef (@thaureef) April 15, 2022
ޗެއާޕާސަންގެ އިންތިހާބުގައި ވާގޮތަކުން ޕާޓީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އެގޮތުން ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެނަމަ ވެރިކަން ކުރާ ޕާޓީއެއްގެ ސިފަ ޖައްސަން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 14 ގަ އެވެ.