ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑު އާއި ފުވައްމުލަަކަށް ދަތުރުފަތުތުގެ ހިދުމަތް ދޭން ހަވާލު ކުރި އެމްވިކޭ އަށް ސަބްސިޑީއެއްްގެ ގޮތުގައި 50 އަހަރަށް ދިން ގަމުގެ ދޫގަސް، އެ ކުންފުނިން ޖޭ ހޮޓެލްސް އާ ހަވާލުކޮށްފި އެވެ.
ޖޭ ހޮޓެލްސްކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަބުދުﷲ ޖާބިރުގެ ކުންފުންޏެކެވެ. ޖާބިރު ވިދާޅުވީ އެމްވީކޭން ގޭން އައިލެންޑް ރިޓްރީޓް (ޖީއައިއާރް) ގެ ނަމުގައި ހިންގި "ދޫގަސް" އޭނާގެ ކުންފުނިން ހިންގާނީ "ޖޭ ޕެލަސް" ގެ ނަމުގައި ކަމަށެވެ.
އަދި އެތަން ހިންގުމާ އެކު އައްޑޫގެ ދަތުރުފަތުރާ ޖޭ ހޮޓެލްސް އން ހަވާލުވީ މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ "ޖޭ ޕެލަސް" ގައި އިތުރު ފެސިިލިޓީޒްތަކާ އެކު، ޖޭ ހޮޓެލްސް ހިންގާނީ ދަތުރު ފަތުރިގެ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމާ އެކު ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ބަަލަމުން އަންނަ ކަމަށާއި ކުރިއަށް ދުވަސްތަކުގައި ބަދަލުތަކެއް ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ
އަދި "ޖޭ ޕެލަސް" ހިންގާނީ ބޭރުގެ ޓޫރިސްޓުންގެ އިތުރަށް ދިވެހިންނަށް ވެސް ހިދުމަތްތައް ލިބޭ ގޮތަަށް ކަމަށް ޖޭ ހޮޓެލްސް އިން ބުންޏެވެ.
އެކަންްތައް ބެލުމަށް ޖޭ ހޮޓެލްސްގެ ހާއްސަ ޓީމެއް ޖާބިރާ އެކު ރޭ ވަނީ އައްޑު އަށް ވަޑައިގެންފަ އެވެ. އަދި ދޫގަހުގައި ރޭ ވަނީ ހާއްސަ ބުފޭއެއް ވެސް ބާއްވައިފަ އެވެ.