އަންހެނުންގެ މޫނުމަތީގެ ރީތިކަން ދައްކުވައިދޭ އެކައްޗަކީ ބުމަ އެވެ. ހާއްސަކޮށް ރީތި ބުމައެއް ހުރުމަކީ ލޮލުގެ ރީތިކަން ވެސް އެތައް ގުނައަކަށް އިތުރުކޮށްދޭނެ ކަމެކެވެ.
އެހެންވެ ރީތި ބުމައަކަށް މަސައްކަތް ނުކުރަންވީ ސަބަބެއް ނެތެވެ. ނިކަން ޓްރައިކޮށްލަމާ ހިނގާށެވެ.
* ބުމައިގެ ބައްޓަން ލޯގަނޑަކުން ބަލައިލާށެވެ. ބުމަ ފެށިފައި ހުންނާނީ ކަރުނަވަޅު ގުޅިފައި ހުންނަ ހިސާބުންނެވެ. އަދި ކަޅިޔާ ދިމާއިން ކުޑަކޮށް އުސްކޮށެވެ.
ލޮލުގެ ނިމޭ ކޮޅާ ދިމާއަށް ތިރިކޮށެވެ. ބުމައިގެ ބައްޓަންފިޔަވައި ތަންކޮޅެއް ބޭރުން އިސްތަށި އުފުރުމުގެ ބަދަލުގައި ބައްޓަމާކައިރިން އިސްތަށި އުފުރުމަކީ އަންހެނުން ވަރަށް ގިނައިން ކުރާ ކަމެކެވެ.
އެކަމަކު މީގެ ސަބަބުން މޫނުގެ ރީތި ކަމަށް ބަދަލުތަކެއް ގެނުވަ އެވެ.ބަލައިލާ އިރު އެކަހަލަ މީހުންގެ މޫނު މަތިން ފާޅުވާން އުޅޭނީ ރުޅި އައިސްފައި ހުންނަ މޫޑެކެވެ. ރީތިކަން ފެންނާނީ ބުމައިގެ ތަންކޮޅެއް ދުރުން އިސްތަށި އުފުރުމުންނެވެ.
* އެސްްރިޖެންޓް ފަދަ އެއްޗަކުން ކަފަ ކޮޅެއް ތެންމާފައި ބުމައިގެ ކައިރިން ހަމުގައި ހާކާލާށެވެ. މިހެން ހެދުމުން ބައްޓަން އަންނަ ގޮތަށް ބުމަ ހަދަން ވަރަށް ފަސޭހަ ވާނެ އެވެ.
* ބުމައިގެ ކިއްސަރު ހުންނަ ގޮތަށް ފަންސުރަކުން އަނދުން އަޅާށެވެ.ކަޅިއާ ދިމާއިން ބުމަ މައްޗަށް އުފުލިފައި ހުންނަ ޕޮއިންޓް ފާހަގަކޮށް ރީތިފަޅި ބުރެއް އިންނަ ގޮތަށް ކުރަހާލާށެވެ.
* ސާޅީސް ފަސް ޑިގްރީއަށް ޓްވީޒަރު ބެހެއްޓުމަށް ފަހު ބުމައިގެ ތިރީގައިހުންނަ ލޯލިތައް އުފުރާލާށެވެ. އުފުރާނީ ބުމަ ފަޅާފައި ހުންނަ ފަސޭހަކޮޅަށެވެ. އެއީ އިސްތަށީގެ މެދުން ބުރިވުން ކުޑަ ކުރުމުގެ ބޭނުމުގަ އެވެ.
ބުމައިން އިސްތަށި އުފުރާ އިރު ތަދުވާ ކަމަށް ވާ ނަމަ ކޮންމެ ފަހަރަކު އުފުރާ ދެތިން އިސްތަށި ޓްވީޒަރުން ހިފާ ބާރު ކޮށްލުމަށް ފަހު އިސްތަށީގެބުޑުގައި ބާރަށް އިނގިލި އަޅާށެވެ.
އެއްވެސް ތަދަކާ ނުލައި އިސްތަށި އަންނާނެ އެވެ. ހަނދާން ބަހައްޓަންވީ ބުމައިގެ ބައްޓަމުން އިސްތައްޓެއް ލުހެފި ނަމަ އެ ކިއްސަރަށް އިސްތަށި ފެޅުމަކީ އުނދަގޫ ކަމެއް ކަމެވެ.
* ފެން ފޮދަކުން ބުމަ ފުހެލުމަށް ފަހު މަޑުމަޑުން ފަންސުރު އަޅާށެވެ. ހިމަ ބުމައެއް ނަމަ ބްރޯ ޕައުޑާ ބޭނުން ކުރާށެވެ. އޭރުން އަބަދު ވެސް ބުމައެއް ގޮތަކަށް ހުރުމަށް މަގު ކޮށޭނެ އެވެ.